އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވިއްކަން ނިންމާފައިވާ ތަކެތީގެ ތެރޭގައި 31 އެމްކިއު-9ބީ މަރުކާގެ ހަތިޔާރުއެޅި ޑްރޯން އާއި...

ހަބަރު

އެމެރިކާ އިން އިންޑިއާއަށް 4 ބިލިއަން ޑޮލަރުގެ ޑްރޯން ހަތިޔާރާއިއެކު ވިއްކަން ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ފެބުރުއަރީ 2024 , ހޮނިހިރު 15:20   402

އެމެރިކާ އިން އިންޑިއާއަށް 4 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ވިއްކަން ނިންމައިފިއެވެ.

ހަތިޔާރު އެޅި 31 ޑްރޯން، މިސައިލް އަދި އެހެނިހެން ސާމާނާއިއެކު އިންޑިއާއަށް ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރަށް (3.14 ބިލިއަން ޕައުންޑް) ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރުހުން ދީފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމްކިޔު-9ބީ ޕްރިޑޭޓާ ޑްރޯންސް ޑީލް އިއުލާންކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ޑިސެމްބަރު މަހު އެމެރިކާގެ ފަސްގަނޑުގައި އިންޑިއާ މީހުން އަވަހާރަކޮށްލަން ރޭވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރެވެންދެން ސެނެޓްގެ ކޮމިޓީއަކުން ވަނީ އެކަން ހުއްޓާލިއެވެ.

މި އެއްބަސްވުން މިގޮތަށް ހެދި ނަމަވެސް މިތަކެތި ފޯރުކޮށްދެވޭނީ އެމެރިކާގެ ކޮންގްރެސްގެ ރުހުން ލިބުމުންނެވެ.

ފޯރުކޮށްދޭ ތަކެތީގެތެރޭގައި ހަތިޔާރު އެޅި 31 އެމްކިޔު-9ބީ ސްކައިގާޑިއަން ޑްރޯނާއި 170 އޭޖީއެމް-114އާރު ހެލްފައިއާ މިސައިލާއި 310 ލޭޒަރ ކުދި ދިގުމިނުގެ ބޮމާއި މުވާސަލާތީ އަދި ސަވައިލެންސް އިކުއިޕްމަންޓާއި ޕްރެސިޝަން ގްލައިޑް ބޮމެއް ހިމެނޭ ކަމަށް ޕެންޓަގަން އިން ބުނެ އެވެ. މި ޑީލްގެ މައި ކޮންޓްރެކްޓަރަކަށް ވާނީ ޖެނެރަލް އެޓޮމިކްސް އެރޮނޮޓިކަލް ސިސްޓަމްސް އެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ، މި ވަކި ގޮތަކަށް ނިންމާލީ އެމެރިކާ މީހުން އަވަހާރަކޮށްލުމުގެ ރޭވުން ފުރިހަމައަށް ތަހުގީގު ކުރަން އެއްބަސްވުމުން ކަމަށެވެ.

ބުރާސްފަތި ދުވަހު ޕެންޓަގަން އިން ބުނީ އިންޑިއާއާ އެކު ހުށަހަޅާފައިވާ ޑްރޯން އެއްބަސްވުމަކީ "އެމެރިކާ އާއި އިންޑިއާގެ ސްޓްރެޓެޖިކް ގުޅުން ބަދަހި ކުރުމަށް އެހީތެރިވެދީ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތުގެ މަގުސަދުތަކަށް އެހީތެރިވެދޭނެ އެއްބަސްވުމެއް" ކަމަށެވެ.

ޓެގްސް: އެމެރިކާ އިންޑިއާ އިންޑިއާ ސިފައިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.