ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) ގެ ސާވިސް އައުޓްލެޓެއް

ހަބަރު

ޤައުމީ ބޭންކުގެ އަހަރީ ސާފު ފައިދާ 17 އިންސައްތަ އިތުރުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ފެބުރުއަރީ 2024 , ހޯމަ 07:47   539

ޤައުމީ ބޭންކު, ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) ގެ 2023 ވަނަ އަހަރުގެ ފައިދާ އޭގެ ކުރީ އަހަރާއި އަޅައި ބަލާއިރު 17 އިންސައްތަ އިތުވެފައިވާކަމަށް އެކުންފުނިން ޝާޢިއުކޮށްފައިވާ އަހަރީ ރިޕޯޓްތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު އެކި ފަރާތްތަކަށް ދޫކޮށްފައިވާއިރު، ކަސްޓަމަރުން ޑިޕޮސިޓްގެ ގޮތުގައި ޖަމާކޮށްފައިވާ ޢަދަދަށް ވެސް 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އަދި ބޭންކުގެ ރައުސުލްމާލަށް 3.5 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

މާލީ ރިޕޯޓުގައިވާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު އެބޭންކުގެ އޭޓީއެމްތައް މެދުވެރިކޮށް 40000 މުއާމަލާތްކޮށްފައިވެއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ ގޮތުގައި 340000 އަށް ވުރެ ގިނަ ކަސްޓަމަރުން އެބަތިއްބެވެ. އެބޭންކުން އަންނަނީ 20 އަތޮޅެއްގައި 38 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު ތަކާއިއެކު 140 އޭޓީއެމް، އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއި އެކު ޚިދުމަތްދެމުންނެވެ.

ޓެގްސް: ބީއެމްއެލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.