ރައީސް މުޢިއްޒު ޤައުމާއި މުޚާތަބުކުރައްވަނީ، އައްޑޫގައި ބްރިޖް އެޅުމަށް 2 ބިލިއަން ޑޮލަރު ޚަރުދުވާނެކަމަށް އަންދާޒާތަކުން ދައްކާ، ހުޅުމީދޫގައި ދިރިއުޅެނީ އެންމެ 4،000 މީހުން

ހަބަރު

ރައީސްގެ ރިޔާސީ ބަޔާން: އެންމެ ބޮޑު މަޝްރޫޢަކަށް އައްޑޫ ބްރިޖް އެޅުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ފެބުރުއަރީ 2024 , ހޯމަ 11:03   1243

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް މުޢިއްޒު ވާހަކަފުޅު ފެއްޓެވީ، ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ. މިގޮތުން ޤައުމިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމާއި، ޤައުމީ ސަލާމުން ސްކޫލްތަކުގެ ކިޔެވުން ފެށުން ރައީސް ވަނީ ހައިލައިޓްކުރައްވާފައެވެ. އަދި އިންޑިއާ ސިފައިން ބެލުމުގެ މަސައްކަތް އެއްސަރަޙައްދަކުން ކުރެވެމުންދާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކަށް ވެ ވަޑައިގެންނެވި ޖުމްލަ 50 ވަޢުދުގެ 100 އިންސައްތަ ވަނީ ފުއްދިފައިކަމަށެވެ.

"ބޯހިޔާވަހިކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަން. ކުރިން ގޯތި ލިޔުން ލިބިފައި އޮތް ކޮންމެ ރައްޔިތަކަށް ގޯތި ލިބޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ގެ ވާހަކައިގައި އެންމެ ބޮޑަށް ފާހަގަ ވެގެންދިޔަ އެއްކަމަކީ އައްޑޫގައި ބްރިޖް އެޅުމުގެ ވާހަކައެވެ.

އެންމެ ބޮޑު އެއް މަޝްރޫޢުގެ ގޮތުގައި ކުރިއަށް ދާނީ އައްޑޫސިޓީގެ ބްރިޖްގެ މަސައްކަތް

~ ރައީސް މުޢިއްޒު

އައްޑޫގައި އަޅަން ސަރުކާރުން އަޅަން ވަޢުދުވެފައިވާ ބްރިޖަކީ 2 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެ ޕްރޮޖެކްޓެއްކަމަށް އަންދާޒާކުރެވެއެވެ. އެއީ ގާތް ގަނޑަކަށް 16 ކިލީމީޓަރުގެ ބްރިޖެކެވެ.

ރައީސް ވިދާޅުވީ ޖުޑިޝަރީ މިހާރު ހިނގަނީ މިނިވަންކޮށްކަމަށާއި، މީޑިއާތަކަށް ޖާގަދެއްވާނެކަމަށެވެ.

މީގެ ކުރިން ސަރުކާރުތަކުން އައީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަމުންނެވެ. އެމްޑީޕީ އިން ވަނީ ޖަލްސާ ބޮއިކޮޓްކޮށް ހާޒިރުނުވެފައެވެ.

ޓެގްސް: ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.