ރައީސް އަދި ނައިބުރައީސް، ތ. އަތޮޅުގެ ބައެއް ރަށްތަކަކީ ރައީސް މުޢިއްޒުއަށް އެންމެ ގިނައިން ވޯޓު...

ހަބަރު

ރައީސް މުޢިއްޒު ރައީސްކަމުގައި ވަޑައިގަންނަވާ ފުރަތަމަ އަތޮޅެއްގެ ގޮތުގައި ތ.އަތޮޅަށް ވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 ފެބުރުއަރީ 2024 , އަންގާރަ 10:16   701

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ.އަތޮޅު [ކޮޅުމަޑުލު] ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.

ތިން ދުވަހުގެ މިދަތުރުފުޅުގައި ތ. އަތޮޅުގެ ގިނަ ރަށްތަކަަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ޙާލު އޮޅުންފިލުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި ކެބިނެޓް ވަޒީރުންނާއި ސިޔާސީ ފަރާތްތައް ހިމެނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ރަށްތަކަށް ވަޑައިގެން ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޓީމްތަކާއިވެސް ބައްދަލުކުރައްވަން ރޭވިފައިވާކަމަށެވެ.

ޑރ. މުޢިއްޒަށް ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ނިސްބަތުން އެއްރަށަކުން ލިބުނީ ތ. ގުރައިދޫއިންނެވެ. ގިނައިން ވޯޓު ލިބޭ ރަށްތަކަށް ޚާއްޞަ ސަމާލުކަން ދެއްވާނެކަމަށް އިންތިޚާބުގެ ދުވަސްވަރުވެސް އެމަނިކުފާނު ގެންދެވީ ވިދާޅުވަމުންނެވެ.

ޓެގްސް: ރައީސް ޑރ. މުއިއްޒު ރައީސްގެ ރަސްމީ ދަތުރުފުޅުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.