ގުރު ނެގުން އޮންނާނީ އައްޑޫ ހައިސްކޫލްގެ ހޯލުގައި

ހަބަރު

އައްޑޫސިޓީ، ހިތަދޫގެ ފުރަތަމަ 500 ގޯތީގެ ގުރުނެގުން މިމަހު 8 އިން 10އަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 ފެބުރުއަރީ 2024 , އަންގާރަ 14:44   560

އައްޑޫސިޓީ، ހިތަދޫގެ ފުރަތަމަ 500 ގޯތީގެ ގުރުނެގުން މި ހިނގާ ފެބްރުއަރީ މަހުގެ 8 އިން 10އަށް ބާއްވާނެކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބިން ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި 4،000 އަށްވުރެ ގިނަ ފަރާތުން ގޯއްޗަށް އެދިފައިވެއެވެ. ކައުންސިލުން ކުރިން ނިންމާފައިވަނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދޫކުރުމަށެވެ. އެގޮތުން 3700 އަށްވުރެ ގިނަ ފަރާތަށް ގޯތި ދޭން ނިންމާފައިވެއެވެ.

ނިމިދިޔަ ސަރުކާރުން ވަނީ އައްޑޫސިޓީގައި 200 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި ހިއްކާފައިވާ ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭންތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މަޢްލޫމާތު ލިބެއެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 500 ގޯތި ދޫކުރަނީ ރަށުތެރެއިންކަމެއް ނުވަތަ އަލަށް ހިއްކާފައިވާ ސަރަޙައްދުންކަމެއް ސާފު ނުވެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ގުރުއަތުލުން އޮންނާނީ އައްޑޫ ހައިސްކޫލްގެ ހޯލުގައިކަމަށެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ ސިޓީއަކާއި އެކު ހުށަހެޅި ފަރާތުގެ އައިޑީކޮޕީ އާއި އެތަނަށް ދާ މީހެއްގެ އައިޑީކާޑު ބޭނުންވާނެއެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް ލޭންޑްޔޫޒް ޕްލޭން ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.