ހުވަދު އަތޮޅުގައި ހަދާފައިވާ ރިސޯޓެއް

ހަބަރު

މިއަހަރު 20 ރިސޯޓެއް ތަރައްޤީކުރަން ފައްޓަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 ފެބުރުއަރީ 2024 , ބުދަ 11:16   341

މިއަހަރު އަލަށް 20 ރިސޯޓެއް ތަރައްޤީކުރަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ތ.އަތޮޅު [ކޮޅުމަޑުލު] އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޑިފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އިންވެސްޓަރުން ބަލައިގަންނަ ފަދަ ތަނަކަށް ހެއްދެވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

އެމަނިކުފާނު ވަނީ ކައުންސިލްތަކުގެ ޢާމްދަނީ ކުރެވޭނެ ދޮރުތައް ހުޅުއްވައިދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ކައުންސިލްގެ އިޙްތިޞާޞް ތެރޭގައި ހުރި ރަށްރަށާއި، އަދި އިޙްތިޞާޞްގެ ތެރޭގައި ރަށެއް ނެތްނަމަ، ދުރުގައި އޮތް އެހެން އަތޮޅެއް ނުވަތަ ދާއިރާއަކުންވެސް، އެ ދާއިރާއެއްގެ ރައްޔިތުންގެ އެއްބާރުލުމާއެކު ރަށްރަށް ހޯދައިގެން، އިޤްތިޞާދީ އެތައް ކަމެއް ކުރެވޭނެ މަގު ފަހިކޮށްދެއްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަތުގު 172 ރިސޯޓާއި، 883 ގެސްޓްހައުސް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ހަތަރު ރިސޯޓެއް އަންނަނީ ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަދި ކުރީ ސަރުކާރުތަކުން ރިސޯޓްތައް ހަދަން ގިނަ ރަށްތަކެއް ދޫކޮށްފައިވާއިރު މަސައްކަތް ކުރިއަށް ނުދާ ރަށްރަށް ވެސް ގިނަ ޢަދަދަކަށް އެބަހުއްޓެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންނާއި ކުރީގެ ބައެއް ވަޒީރުންގެ ޙިއްޞާ އޮންނަ ކުްނފުނިތަކުގެ ނަމުގައި ނަގާފައިވާ ރަށްތައް ވެސް ހިމެނެއެވެ.

ރައީސް ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގައި މަޑިފުށްޓަކީ 3 ވަނަ ރަށެވެ.

ޓެގްސް: ރައީސްގެ ރަސްމީ ދަތުރުފުޅުތައް ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.