ރައީސް މުޢިއްޒު ވަޒީރުންނާއިއެކު، ވޯލްޑްބޭންކުގެ ވެރިންނާއި ބައްދަލުކުރައްވަނީ. ވޯލްޑްބޭންކުން އަންނަނީ މިހާރުވެސް ރާއްޖޭގައި 217 މިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގަމުން

ހަބަރު

ރާއްޖެ ރިޒާވް ދަށަށް، ޚަރަދުތައް ކުޑަކޮށް އަވަސް ފިޔަވަޅު އަޅަންޖެހޭކަމަށް ވޯލްޑްބޭންކުން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 ފެބުރުއަރީ 2024 , ބުދަ 11:37   676

ވޯލްޑް ބޭންކުގެ އިސްވެރިން ރާއްޖެއަށްކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖެ ޚަރަދުތައް ކުޑަކޮށް އަވަސް ފިޔަވަޅު އަޅަންޖެހޭކަމަށް ވޯލްޑްބޭންކުން ބުނެފިއެވެ.

ވޯލްޑްބޭންކުން މިފަދައިން ބުނެފައިވަނީ އިއްޔެ ނެރުނު ރިޕޯޓެއްގައެވެ.

ދުނިޔޭގެ މާލީ ނިޒާމުގައި މުހިއްމު ރޯލެއް އަދާކުރަމުންނަ ވޯލްޑްބޭންކަކީ ރާއްޖެއަށް ގިނަ އެހީތަކެއް ވެދެމުން އަންނަ މުއައްސަސާއެކެވެ. މިވަޤުތުވެސް ރާއްޖޭގައި ވޯލްޑްބޭންކުން ފަންޑުކޮށްގެން 10 ޕްރޮޖެކްޓެއް ހިންގަމުން އަންނައިރު، އެޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 217 މިލިއަން ޑޮލަރަށް އަރައެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ދަރަނިތައް ބޮޑުވަމުން އަންނަކަމަށާއި، ދަރަނި މެނޭޖްކުރުމުގެ އިތުރުން އިޤްތިޞާދު ހިފެހެއްޓުމަށްޓަކައި، ޕޮލިސީ އެނަލައިޒްކޮށް، މާލީ ކަންކަން މުރާޖާޢާކޮށް ޚަރަދުތައް ތިރިކުރަންޖެހޭކަމަށެވެ.

ވޯލްޑްބޭންކާއިއެކު ބޭއްވި ބައްދަލުވުމަށްފަހު، ރާއްޖޭގެ އިޤތިޞާދު ރަނގަޅުވަމުން އަންނަކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް، އިތުރުކަމަށް އަލި އަޅުއްވާލައްވާފައި ނުވެއެވެ.

ވޯލްޑްބޭންކުގެ ރިޕޯޓްގައި، މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ދައުލަތުން ކުރާ ހޭދަ މަތިވުމާއި، ބޭރު ފައިސާގެ ރިޒާވްގެ މަދުކަމާއި، ދަރަނި ބޮޑު ވުމާއި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓު މަތިވުން ހިމެނެއެވެ. އަދި މިކަންކަމުން ކުރިމަތިވެދާނެ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ވޯލްޑްބޭންކުގެ ރިޕޯޓާއި ގުޅިގެން މިހާތަނަށް ރާއްޖޭގެ މާލީ އިދާރާތަކުން ވެސް އަދި ރައީސް މުޢިއްޒު ވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ.

މާލީ ޙާލަތު ގޯސްވެފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ވަނީ ދުވަހަކު ނުދާހާ މައްޗަށް ގޮސްފައެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ޢަދަދު ވެސް 300 މިލިއަނުން މައްޗަށް އަރައެވެ. ރައީސް ސޯލިޙްގެ ވެރިކަން ނިމުނުއިރު މި ޢަދަދު ހުރީ 150 މިލިއަނުގައެވެ.

ރައީސް ސޯލީޙްގެ ސަރުކާރުގައި ވެސް މާލީ ޙާލަތު ވަރަށް ބޮޑަށް ގޯސްވުމާއިއެކު ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ.

ޓެގްސް: ވޯލްޑްބޭންކް ބޭރުފައިސާ ސަރުކާރުގެ ޚަރަދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.