އިޤްތިޞާދާއިބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، ރައީސް މުޢިއްޒު ހުވާކުރެއްވުމަށްފަހު އަލްޖަޒީރާ އާއި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ސަބްސިޑީތައް...

ހަބަރު

ތެލާއި ކަރަންޓާއި ކާޑުން ސަބްސިޑީ އުނިކުރަން ސަރުކާރުން އަމާޒު ހިފާފައި، ޚިދުމަތާއި ތަކެތީގެ އަގުތަކަށް ބަދަލު އަންނާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 ފެބުރުއަރީ 2024 , ބުރާސްފަތި 07:10   284

ސަރުކާރުން ތެލާއި ކަރަންޓާއި ކާޑަށް ދެމުންގެންދާ ސަބްސިޑީތައް (ފައިސާ) އުނިކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިގޮތުން ސަރުކާރުން މިބާވަތްތައްކަށް ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީތަކުގެ ތެރެއިން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެތެރެއިން 600 މިލިއަނަށްވުރެ ގިނަ ރުފިޔާ އުނިކުރުމަށް ރޭވިފައިވެއެވެ.

ސަރުކާރުގެ ފަރާތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުކާރުން ދުނިޔޭގެ މާލީ އިދާރަތަކުން ދެއްވާފައިވާ އިރުޝާދާއިއެއްގޮތަށް ޚަރަދުކުޑަކޮށް، އިސްލާޙީ ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށާއި، އެމަސައްކަތަކީ ކުއްލިއަކަށް އެއްފަހަރާކޮށް ނިންމާލެވޭނެ މަސައްކަތެއް ނޫންކަމަށެވެ.

ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު އަލްޖަޒީރާ ނޫހާއި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ސަބްސިޑީތައް ކުޑަކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށެވެ.

ތަފްޞީލްތައް މަވަގުތުތު އެންގެން ނެތް ނަމަވެސް، ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓްފޮތުގައި ވާގޮތުން، ސަރުކާރުން އަޅާފައިވާ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއިއެކު، ސަބްސިޑީތައް ކުޑަކުރުމުގެ ކަންކަން ފެށިގެން ދާނީ ޖުލައި މަހުން ފެށިގެންނެވެ.

ރާއްޖޭގެ އާބާދީގެ 65 އިންސައްތައަށްވުރެ ގިނަ މީހުންނަށް ސަރުކާރުން ދޭ ސަބްސިޑީތަކުގެ ފައިދާކުރެއެވެ.

ސަރުކާރުން މީގެކުރިން ބުނެފައިވަނީ ކުރީސަރުކާރުން ޗާޕުކުރަމުން އައި ފައިސާތައްޗާޕުކުރުން ވެސް ހުއްޓާލާފައިވާކަމަށެވެ.

ސަރުކާރުން ސަބްސިޑީތަކަށް ގެންނަ ބަދަލާއިއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޚީދުމަތްތަކާއި ތަކެތީގެ އަގުތަކަށް ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

ވޯލްޑްބޭންކާއި އައިއެމްއެފް އިން ރާއްޖެއަށް ޒިޔާރަތްކުރައްވައި ރާއްޖޭގެ މާލީ ޙާލަތައިގުޅޭގޮތުން ކަންބޮޑުވުންތައް ހިމަނުއްވައި ބަޔާނެއް ނެރުއްވާފައިވެއެވެ.

ޓެގްސް: ތަކެތީގެ އަގުއުފުލުން ސަރުކާރުންދޭ ސަބްސިޑީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.