ބްރައިވޭ ފުވައްމުލައް ޓީމު އައްޑޫއަށް އައުން، ރާއްޖޭގެ އެކިކަންކޮޅުތަކުން 31 ސްކޫލަކުން 2،047 އެތްލީޓަކު މި މުބާރާތުގައި ބައިވެރިވޭ

ހަބަރު

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް: އެހެން ސަރަޙައްދުތަކުން ބައިވެރިވާ ޓީމުތަކަށް އައްޑޫއިން ހޫނު މަރުޙަބާއެއް ކިޔައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 ފެބުރުއަރީ 2024 , ބުރާސްފަތި 10:30   1163

އިންޓަރސްކޫލް އެތްލެޓިކްސް މީޓް 2024 ގައި ބައިވެރިވާ އެހެން އަތޮޅުގެތަކުގެ ޓީމުތަކަށް މަރްޙަބާކިޔުމުގެ ޙަރަކާތް ފެށިގެން ކުރިއަށް އެބަދެއެވެ.

މިމުބާރާތުގައި ހަތް އަތޮޅަކުން 31 ޓީމާއި އެކު ޖުމްލަ 800 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި އައްޑޫގެ 10 ސްކޫލެއްގެ 500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެެއެވެ.

އެއްސްކޫލަކަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވަނީ ޝަރަފުއްދީން ސްކޫލުންނެވެ. އެއީ 83 ދަރިވަރުންނެވެ. ދެން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ ޖަމާލުއްދީން ސްކޫލާއި ފޭދޫ ސްކޫލުންނެވެ. އެއީ ކޮންމެ ސްކޫލަކުން 67 ދަރިވަރުންނެވެ.

އައްޑޫ އިން ބޭރުން ބައިވެރިވާ ސަރަޙައްދުތަކާއި އެތްލީޓުން:

  • މާލެ - 8 ސްކޫލަކުން، 32 އެތްލީޓުން
  • ފުވައްމުލައް - 5 ސްކޫލަކުން، 211 އެތްލީޓުން
  • ގއ. އަތޮޅު - 2 ސްކޫލަކުން، 59 އެތްލީޓުން
  • ގދ. އަތޮޅު - 2 ސްކޫލަކުން، 45 އެތްލީޓުން
  • ހދ. އަތޮޅު - 3 ސްކޫލަކުން، 15 އެތްލީޓުން
  • އއ.އަތޮޅު - 1 ސްކޫލަކުން، 21 އެތްލީޓުން

އައްޑޫއިން ބޭރުން ބައިވެރިވާ ދަރިވަރުންގެ ތެރެއިން 68 އެތްލީޓުން އައްޑޫއަށް ޒިޔާރަތްކުރީ ވައިގެ މަގުންނެވެ. އިތުރު 315 ބައިވެރިއަކު ދަތުރުކޮށްފައިވަނީ ކަނޑުމަގުންނެވެ.

މުބާރާތުގައި ބައިވެރިވާ މާލޭގެ ސްކޫލްތައް:

  • ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް
  • ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލް
  • ވިލާ އިންޓަނޭޝަނަލް ހައިސްކޫލް
  • މަޖީދިއްޔާ ސްކޫލް
  • ސެންޓަރ ފޯ ހަޔަރ އެޑިއުކޭޝަން
  • ގާޒީ ސްކޫލް
  • އިސްކަންދަރު ސްކޫލް

މިމުބާރާތަކީ އެތްލެޓިކްސް އެސޯސިއޭޝަން ކޮންމެ އަހަރަކު އެއްފަހަރު ރާއްޖޭގެ ކޮންމެވެސް އެއްސަރަޙައްދެއްގައި ބާއްވަމުންއަންނަ މުބާރާތެކެވެ.

އައްޑޫސިޓީ ކައުންސިލްގެ ސޯޝަލް ސާވިސް ސެކްޝަނުގެ ފަރާތުން ވާހަކަދައްކަވަމުން އަމީޒާ ޚަލީލު ވިދާޅުވީ މިއީ އައްޑޫސިޓީ ކައުންސިލުން ދުރާލައި ތައްޔާރުވެގެން، އައްޑޫސިޓީ ކައުންސިލްގެ އިސްނެންގެވުމަކަށް އައްޑުއަށް ގެނެވުނު މުބާރާތެއްކަމަށެވެ.

"މި މުބާރާތް މިގެނެވުނީ އައްޑޫސިޓީ މޭޔަރު ޢަލީ ނިޒާރު އާއި ހީވާގި އެސްޖީ މުޙައްމަދު ޝުޖާއު އާއި ކައުންސިރުންނާއި މުވައްޒަފުންގެ ވަރަށް ބޮޑު ބުރަ މަސައްކަތަށްފަހު. އަޅުގަނޑުމެން ކައުންސިލުން ވާނީ މާލީ ހުރިހާ ޒިންމާއެއްގެ އިތުރުން މުޅި މުބާރާތުގެ ހުރިހާ އިންތިޒާމުތަކާއި ޙަވާލުވެފައި. އެސޯސިއޭޝަނުން އެދިލެއްވި ހުރިހާކަމެއް ކުރުމަށް އެއްބަސްވެފައި. މުބާރާތަށް އައްޑޫގެ މުވައްސަސާތަކާއި އައްޑޫގެ ރައްޔިތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން." އަމީޒާ ވިދާޅުވިއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ހަވީރުއެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރެއެެވެ.

މުބާރާތް ޝަރަފްވެރިކުރުމަށްޓަކައި، ކުޅިވަރާއި ބެހޭ ވުޒާރާތަކާއި މުއައްސަސާތަކުގެ އިސް ބައެއް ވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން މަޢްލޫމާތު ދެއްވައެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް އެތްލެޓިކްސް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.