އެމްޑީޕީގެ ރައީސް ފައްޔާޒް އިސްމާޢިލް ރައީސް ސޯލިޙް އާއިއެކު

ހަބަރު

އެމްޑީޕީ، މޯލްޑިވިއަން އަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ އާއިއެކު ރާއްޖޭގެ ފުރަތަމަ އުފެދުނު ޕާޓީ ދަރަނިވެރިވުމާއި ގާތަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ފެބުރުއަރީ 2024 , އާދީއްތަ 07:48   348

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވިއަން އެއަރލައިނަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާއާއިއެކު، އެ ޕާޓީ ދަރަނިވެރިވެދާނެކަމަށް ބެލެވެން ފަށައިފިއެވެ.

48 ގަޑިއިރު ތެރޭގައި ފައިސާދައްކައި ޚަލާޞްކުރުމަށް އެމްޑީޕީ އިން ކެމްޕޭން ދުވަސްވަރު (މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު) ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަގު 5.6 މިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ އެކި ފަހަރުމަތިން ފައިސާ ހޯދަން އެދިފައިވާކަމަށާއި، މިހާތަނަށް އެ ފައިސާ ލިބިފައި ނުވާކަމަށެވެ. އެކުންފުނިން މިހާރު ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ފައިސާދައްކާ ޚަލާޞް ނުކޮށްފިނަމަ ޝަރުޢީ މަރުޙަލާތައް ފަށާނެކަމަށް ބުނެ އެ ކުންފުނިން ވަނީ އެމްޑީޕީ އަށް އިންޒާރުގެ ނޯޓިސް ފޮނުވާފައެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އާ ޤާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެެޕާޓީގައި މީގެ ކުރިން ލައްކަ އަކާއި ގާތްކުރާ ވަރަށް މީހުން ތިއްބެވެ. ނަމަވެސް ރައީސް ނަޝީދު އާއި ރައީސް ސޯލިޙް އާއި ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ޕާޓީ ވަނި ވަރަށް ބޮޑަށް ބައިބައިވެ، ވެރިކަން ވެސް ގެއްލިފައެވެ. 2018 ވަނަ އަހަރު އެ ޕާޓީން ވެރިކަމަސް އައީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އާއި ވެސް އެކުގައެވެ.

މަޢްލޫމާތު ލިބޭގޮތުގައި، އެމްޑީޕީ އަށް މޯލްޑިވިއަނަށް ފައިސާ ނުދެއްކިގެން އުޅެނީ އެކައުންޓުގައި ފައިސާ ނެތުމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްޑީޕީ އިން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދައުލަތުގެ ގިނަ ވަޞީލަތްތަކެއް ނަހަމަ ގޮތުގައި ކެމްޕޭނަށް ބޭނުންކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ އާއި ސަރުކާރުގެ ކުންފުނިތައް ހިމެނެއެވެ.

އަދި ސަރުކާރުން އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ބާއްވަން ބޭނުންނުވާކަމުގެ ތުހުމަތުތައް ވެސް އަންނަނީ ކުރެވެމުންނެވެ. ޕާޓީއެއްގެ މައްޗަށް ދަރަނީގެ މައްސަލަތަކެއް އުފުލިއްޖެނަމަ، އެޕާޓީއެއް ދެމިއޮތުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއެއް ކަމުގައިވާ، ރައީސް މައުން އުފެއްދެވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) ވެސް ވަނީ ހަމަ މިފަދަ މައްސަލަތަކެއްގައި ބަނގުރޫޓުވެ އުވާލާފައެވެ.

ޓެގްސް: އެމްޑީޕީ ސިޔާސީ ޕާޓީތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.