ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންތަކެއް ޖަލްސާއެއްގައި އިށީނދެވަޑައިގެން، ދެން އިންތިޚާބު އޮންނާނީ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު

ހަބަރު

46 މެމްބަރުންގެ ވޯޓާއިއެކު، މަޖިލީސް އިންތިޚާބު ރޯދައިގެ ފަހުން ބޭއްވުމަށް މަޖިލީހުން ފާސްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ފެބުރުއަރީ 2024 , އާދީއްތަ 16:01   409

ކުރިއަށް އޮތް ރައްޔްިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހުން މަޖިލީހުން ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓާއިއެކު އެވެ. މި ހުށަހެޅުމާއި ދެކޮޅަށް ވޯޓު ދެއްވީ 3 މެމްބަރެކެވެ. އިސްލާޙު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝިފާއުއެވެ.

މަޖިލީހުން ފާސްކޮށްފައިވަނީ ރޯދަ މަސް ނިމި، އޭގެ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށެވެ.

މިއިންތިޚާބު ބޭއްވުމަށް މަޖިލީހުން ކުރިން ކަނޑައަޅާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، ފަހުން އެމްޑީޕީ އިން ޚިޔާލު ބަދަލުކޮށް ރޯދައިގެ ފަހަށް އިންތިޚާބު ޖެއްސުމަށް ބޭނުންވިއެވެ.

މިހާރު އޮތްގޮތުން އިންތިޚާބު އޮންނާނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.