ޢަރަބި އެމްބަސީއެއްގެ ބޭފުޅުންނާއި ރައީސް މުޢިއްޒު ބައްދަލުކުރައްވަނީ، މިއީ ރާއްޖެއިން މި ސަމިޓުގައި ބައިވެރިވާ ފުރަތަމަ ފަހަރު

ހަބަރު

ދުނިޔޭގެ ސަރުކާރުތަކުގެ ސަމިޓަށް ރައީސް މުޢިއްޒު ދުބާޢީގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 ފެބުރުއަރީ 2024 , ހޯމަ 09:18   275

ދުނިޔޭގެ ސަރުކާރުތަކުގެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުބާޢީ އަށް ވަޑައިގެންފިއެވެ.

މި ސަމިޓު ބޭއްވުމަށް ރޭވިފައިވަނީ ފެބްރުއަރީ މަހުގެ 12 އިން 14 އަށެވެ. މިއީ މިސަމިޓު ބާއްވާ 11 ވަނަ ފަހަރެވެ. މިފަހަރުގެ ސަމިޓުގެ ޝިޢާރަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ.

މި ސަމިޓުގައި ރައީސް މުޢިއްޒު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މަޢްލޫމާތު ދެއްވައެވެ.

މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މިއީ، ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ސަމިޓުގައި ދުނިޔޭގެ 120 ޤައުމެއްގެ ވަފުދުތައް ބައިވެރިވެ ވަޑައިގަންނަވާއިރު، 85 ޖަމްޢިއްޔާއަކުންނާއި، 27 ސަރަޙައްދީ ޖަމްޢިއްޔާއަކުން ބައިވެރިވެއެވެ.

ރާއްޖެއިން މި ސަމިޓުގައި މީގެ ކުރިން ބައިވެރިވެފައި ނުވެއެވެ.

ޓެގްސް: ޑރ. މުއިއްޒު ރައީސްގެ ރަސްމީ ދަތުރުފުޅުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.