އައްޑޫ އާއި ކައިރުން، އިންޑިއާ ކަނޑުގައި އުފެދިފައިވާ ވިލާތައް

ހަބަރު

މޫސުމް ރަނގަޅެއް ނުވޭ، ދެކުނުގެ އަތޮޅުތަކަށް އަނެއްކާވެސް ހުދު ސަމާލު ނެރެފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 ފެބުރުއަރީ 2024 , ހޯމަ 09:46   384

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިވަޤުތު ކުރަމުންދާ ވިއްސާރައިގައި މިއަދު ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނެފައިވަނީ މ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ހަމައަށް ގުގުރުމާއިއެކު މިއަދުގެ ވަޤުތުތަކުގައި ވިއްސާރަކުރާނެކަމަށެވެ. މޫސުމް ބޮޑަށް ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ ހެނދުނު 9.30 އިން ފެށިގެން ހަވީރު 3.30 އަށެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން އައްޑޫސިޓީގައި އިއްޔެ ހަވީރު ބޭއްވުމަށް ރޭވުނު އިންޓަރސްކޫލް އެތްލެޓިކްސް މީޓް ހުޅުވުމުގެ ރަސްމިއްޔާތު ވެސް ވަނީ ކެންސަލްކޮށްފައެވެ. މި މުބާރާތައް އައްޑޫސިޓީ ކައުންސިލުންނާއި އައްޑޫގެ މުވައްސަސާތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ، މޫސުމް ތަންދޭނަމަ މިއަދު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެކަމަށެވެ.

ޓެގްސް: ވިއްސާރަ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.