މިނިސްޓް އޮފް ފިނޭންސް ހުންނަ ޢިމާރާތް، ރާއްޖޭގެ މާލީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޑޮލަރު ދޫކުރުމުގައި ބީއެމްއެލް...

ހަބަރު

ބޭންކުން ކާޑުތަކަށް ދޫކުރާ ޑޮލަރު ކުޑަނުކުރާނެކަމަށް ފިނޭންސުން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ފެބުރުއަރީ 2024 , އަންގާރަ 09:35   328

ރާއްޖޭގެ މާލީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޑޮލަރު ދޫކުރުމުގައި ސަރުކާރުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކަށް ދޫކުރާ ޑޮލަރު ކުޑަކުރަން ނިންމާފައިވާ ވާހަކަ މީޑިއާތަކުގައި ފެތުރިފައިވާ ދަނޑިވަޅެއްގައި މިނިސްޓްރީ އިން އެކަނ ދޮގުކޮށްފިއެވެ.

ފިނޭންސުން ބުނެފައިވަނީ ބީއެމްއެލް އިން އެފަދަ ނިންމުމެއް ނިންމާފައި ނުވާކަން ކަށަވަރުކޮށްދޭކަމަށެވެ.

ފިނޭންސުން މިހެން ބުނެފައިވީ ނަމަވެސް، ޑޮލަރު ހޯދުމުގައި ވިޔަފާރިތަކާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން އަންނަނީ ގިނަ ތަކުލީގުތަކެއް އުފުލަމުންނެވެ. ބޭންކުން ވިޔަފާރިތަކަށް މުދާގަތުމަށް ޑޮލަރުދިނުން ވެސް ވަރަށް ބޮޑަށް ހިފަހައްޓާފައިކަމަށް ވިޔަފާރިތަކުން ބުނެއެވެ.

އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ. އިން މައްޗަށް އަރާފައެވެ.

މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ ލިމިޓްތައް ދޫކޮށްލުމުގެ ވަޢްދާއިއެކުއެވެ. މިހާރު ބޭންކުން ޑެބިޓްކާޑަކަށް ދޫކުރަނީ އެންމެ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑަކަށް ދޫކުރަނީ 750 ޑޮލަރެވެ.

ބޭންކާއި ގުޅުންހުރި ބައެއް ފަރާތްތަކުން ބުނާގޮތުގައި، ބީއެމްއެލް ޑޮލަރު ރިޒާވް ވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ.

އިޤްތިޞާދީ މާހިރުން ދެކެވަޑައިގަންނަވާގޮތުގައި ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ބޭންކުތަކަށް ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ޙައްލު އެބައޮތެވެ. އެއީ ބޭރު ފައިސާގެ މުޢާމަލާތްތައް ރިސޯޓުތަކުންނާއި ވިޔަފާރިތަކުން ހުއްޓާލައި ބޭންކްތަކަށް ޑޮލަރު ޖަމާ ވާނެގޮތް ހެދުމެވެ. ނަމަވެސް، ބްލެކް މާކެޓް ހިންގާ ފަރާތްތަކާއި، ރިސޯޓްތަކުގެ ފިއްތުންތަކާއިއެކު އެއްވެސް ސަރުކާރަކަށް މިހާތަނަށް އެކަމަށް ޢަމަލީގޮތުން މަސައްކަތެއް ކުރެވިފައިނުވެއެވެ.

ޓެގްސް: ޔޫއެސްޑޮލަރު ބޭރުފައިސާ ދިވެހިރާއްޖޭގައި ތިބި ބޭންކުތައް ބީއެމްއެލް ފިނޭންސް މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.