ލާރާ ޓްރަމްޕަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތިން ވަނަ ދަރިކަލުން އެރިކް ޓްރަމްޕްގެ އަނބިކަނބަލުން

ހަބަރު

އާރްއެންސީގެ ލީޑަޝިޕަށް ދަނބިދަރިކަނބަލުން ލާރާ ޓްރަމްޕަށް، ޓްރަމްޕްގެ ތާއީދު

ދާނިޝް - އެމެރިކާ | 14 ފެބުރުއަރީ 2024 , ބުދަ 08:19   334

ރިޕަބްލިކަން ނެޝަނަލް ކޮމިޓީ (އާރްއެންސީ)ގެ މުގައްރިރަކަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދު ކުރައްވައިފި ކަމަށް އެމެރިކާގެ މީޑިއާ ތަކުން ރިޕޯޓުކޮށް ފިއެވެ.

ޓްރަމްޕް ވަނީ ލާރާ ޓްރަމްޕާއި ނޯތު ކެރޮލައިނާގެ ރިޕަބްލިކަން ޕާޓީގެ ޗެއާ މައިކަލް ވަޓްލީއަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ އާރްއެންސީގެ މިހާރުގެ ލީޑާޝިޕާ މެދު ސަޕޯޓަރުން ކަންބޮޑުވުން ފައުޅު ކުރަމުން އަންނަ ދަޑިވަޅެއްގައެވެ. އެ ކޮމެޓީގެ މިހާރުގެ ވެރިޔާ ރޮނާ މެކްޑެނިއަލް މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ އާ ލީޑަޝިޕަށް ވޯޓު ދޭނެ އެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު ކެރޮލައިނާ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީއަށްފަހު މެކްޑެނިއަލް މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ މީގެ ކުރިން ރިޕޯޓުކޮށްފައެވެ. ޖަމިއްޔާއެއްގެ ހައިސިއްޔަތުން އާރްއެންސީން އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީއަށް ފަންޑްރެއިޒް ކުރުމަށާއި ރިޕަބްލިކަން މެންބަރުން ވޯޓުލުމަށް ނެރުމަށެވެ.

މިއާއިއެކު މިފަހަރުގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް އެންމެ ކުރީގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ޓްރަމްޕް ގެ ތާއީދާއި އެކު، ލާރާއަށް އާރްއެންސީގެ މެންބަރުންގެ މެދުގައި ނުފޫޒެއް ފޯރާނެ ކަމަށް ބެލެވެއެވެ.

ހޯމަ ދުވަހުގެ ރޭ ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮމިޓީގެ ޖެނެރަލް ކައުންސެލްގެ މަގާމުގައި މިހާރު ހުންނެވި ވަޓްލީ ވަނީ އޭނާގެ އުފަން ސްޓޭޓް ނޯތު ކެރޮލައިނާގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި އާރްއެންސީގެ ދެން މުގައްރިރަކަށް ވާން ޖެހޭނީ އޭނާ ކަމަށެވެ. އަދި "އިންތިހާބީ ނަޒާހަތްތެރިކަމަށް" ވަޓްލީ ދެއްވާ އަހައްމިއްޔަތުކަމަށް ތައުރީފު ކުރެއްވި އެވެ.

އާރްއެންސީގެ ކޯ ޗެއާގެ މަގާމަށް ޓްރަމްޕް ވިދާޅުވީ އޭނާގެ ދަރިފުޅު އެރިކްއާ ކައިވެނި ކޮށްގެން އުޅޭ އޭނާގެ "ވަރަށް ހުނަރުވެރި" ދަނބިދަރިފުޅު ލާރާ ޓްރަމްޕަށް ތާއީދު ކުރައްވާ ކަމަށެވެ.

"ލާރާ އަކީ ވަރަށް ހުނަރުވެރި ކޮމިއުނިކޭޓަރެއް ކަމަށާއި އޭނާ އަކީ މަގާގެ ހުރިހާ ކަމަކަށް ހާއްސަ ބޭފުޅެއް،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އާރްއެންސީއާ ވަރަށް ގާތުން މަސައްކަތް ކުރައްވާފައި ކަމަށާއި، އެ ކޮމެޓީން އޭނާ ދެކެނީ ހަރުދަނާ ފަންޑްރައިޒާއެއްގެ ގޮތުގަ އެވެ. ޕާޓީގެ ގަވައިދުބުނާ ގޮތުން އާރްއެންސީގެ އެންމެ އިސް ސަފުގައި އެއް ފިރިހެނަކާއި އަންހެނަކު ތިއްބަވަ އެވެ. އަދި އާރްއެންސީގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް މިހާރުގެ ރިޔާސީ ކެމްޕެއިންގެ ކޯ މެނޭޖަރު ކްރިސް ލަސިވިޓާއަށް ވެސް އަންގަވާފައިވާ ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ.

ޕޮލިޓިކޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަސިވިޓާ އެ މަގާމާ ހަވާލުވެއްޖެނަމަ އަދިވެސް ޓްރަމްޕްގެ ކޯ-ކެމްޕެއިން މެނޭޖަރުގެ މަގާމު ދަމަހައްޓާނެ ކަމެވެ. އެއީ ޓްރަމްޕްގެ އެންޑޯސްމަންޓްތައް aކުރިއަށް ދާނަމަ އޭގެ މާނައަކީ އޭނާގެ ކެމްޕެއިން ކޮމިޓީއާއި އެ ކޮމެޓީގެ އޮޕަރޭޝަންތަކާ ވަރަށް ގާތުން ގުޅިފައި އޮތުމުންނެވެ.

ލީޑަޝިޕް ބަދަލުކުރުމަށް ބާރު އަޅާފައި މިވަނީ މިއަހަރުގެ އިންތިޚާބާ ދިމާކޮށް ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ ބަހުސްތަކާ ގުޅިގެން ޓްރަމްޕާއި މިހާރުގެ އާރްއެންސީގެ ޗެއާ މެކްޑެނިއަލްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެއިން އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް ވަނީ ދެކޮޅު ހައްދަވާފަ އެވެ. ވޮޝިންޓަން ޕޯސްޓުން މީގެ ކުރިން ބުނެފައި ވަނީ ބަހުސްތައް މުޅިން ކެންސަލް ކުރުމަށް ޓްރަމްޕް މެކްޑެނިއަލް އަށް ބާރު އެޅުއްވި ކަމަށާއި ނަމަވެސް އެކަމަނާ އެކަމަށް ދެކޮޅު ހެއްދެވި ކަމަށެވެ. އަދި ދާދި ފަހުން ބޭއްވި އިންތިހާބުތަކުގައި އެ ޕާޓީއަށް ލިބުނު ދަށް ކާމިޔާބީއާއި ފަންޑްރެއިޒިން ދަށްވުމުގެ ސަބަބުން ވެސް އެކަމަނާއަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ.

ޓެގްސް: ޑޮނަލްޑް ޓްރަމްޕް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.