ޓަައުންސަޕްލައި އިން ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ޕްރޮކްތައް ޝޯރޫމްގައި ދައްކާލަނީ

ހަބަރު

މެލޭޝިއާގެ ސިގްނޭޗަރ މާކެޓްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތަޢާރަފްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ފެބުރުއަރީ 2024 , ބުރާސްފަތި 17:40 1   916

މެލޭޝިއާގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ، ސިގްނޭޗަރ މާކެޓްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ފަށައިފިއެވެ.

މި ޕްރޮޑަކްޓްތައް ތަޢާރަފްކޮށްފައިވަނީ ޓައުން ސަޕްލައި ގެ ފަރާތުންނެވެ.

ސިގްނޭޗަރ މާކެޓްގެ އުފެއްދުންތަކުގެ ތެރޭގައި ގިނަ ބާވަތުގެ ޑްރައިޑް ފްރުޓްސް އަދި ޑްރައިޑް ނަޓްސް ހިނެއެވެ.

ޓައުން ސަޕްލައިގެ ފަރާތުން ރާއްޖެއަށް މި ބްރޭންޑްގެ 12 ބާވަތެއްގެ ޕްރޮޑަކްޓް ތަޢާރަފްކޮށްފައިވެއެވެ. އޭގެ ތެރޭގައި ކެލިފޯނިއާ އަލްމަންޑްސް، ކްރޭންބެރީ، ޑްރައިޑް ތައި ގޯވާ، ކްރޭންބެރީ ކެޝޫ މިކްސް، ރޯސްޓެޑް ޕިސްޓާޗިއޯ އަދި ތައި ޑްރައިޑް މެންގޯ ހިމެނެއެވެ.

ސިގްނޭޗަރ މާކެޓްގެ އައުޓްލެޓްތައް މެލޭޝިއާގެ ބޮޑެތި ގިނަ ޝޮޕިންގ މޯލްތަކުގައި ހުރެއެވެ. އެތަންތަނުގެ ތެރޭގައި މިޑްވޭލީ މެގަމޯލް، ސަންވޭއި ޕިރަމިޑް، ވަން އުތާމާ އަދި އައިއޯއައި މޯލް ހިމެނެއެވެ.

ޓައުން ސަޕްލައި އިން މަޢްލޫމާތު ދެއްވާގޮތުގައި މި ޕްރޮޑަކްޓްތައް މިހާރު މާލެ އާއި އައްޑޫ، އަދި ރާއްޖޭގެ ގިނަ ފިހާރަތަކުން ލިބެ ހުންނާނެއެވެ. އަދި 7799438 އަށް ގުޅުއްވައި އޯޑަރު ދެއްވުމުން މާލެ އާއި އައްޑޫގެ ކޮންމެ ތަނަކަށް ވެސް ހިލޭ ގެންގޮސްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

ޓެގްސް: އެޑްވަޓޯރިއަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.