ރައްޔިތުންގެ މަޖްލިސްކުރާގެ، ހުރާ ފޯމެއްގެ ސައްޙަކަން ކަށަވަރުކުރެވިފައި ނުވޭ. އެންމެ ގިނަ މީހުން ނަން ހުށަހެޅީ ސަރުކާރު ކޯލީޝަނުން. އެމްޑީޕީ އިން ހުށަހެޅީ...

ހަބަރު

މަޖްލިސް 2024: 93 ދާއިރާއަކަށް ކުރިމަތިލުމަށް ހުށަހެޅީ 381 މީހުން، ކެންޑިޑޭޓުންގެ ގުރުލުން ހުކުރު ދުވަހު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ފެބުރުއަރީ 2024 , ބުރާސްފަތި 07:55   344

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަކަށް ވާދަކުރުމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިްނ ހުށަހަޅާލި ފުރުޞަތުގައި 381 ފަރާތަކުން ނަން ހުށަހަޅައިފިއެވެ.

މީގެ ތެރެެއިން އެންމެ ގިނަ މީހުން ކުރިމަތި ލާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލީޝަނުގައެވެ. އެ ކޯލީޝަނުން ޖުމްލަ 90 ދާއިރާއަކަށް މެމްބަރުން ތަމްސީލުކުރުމަށް ނިންމާފައިވާއިރު، އިދިކޮޅު އެމްޑީޕީ އިން ނިކުންނަނީ 89 ދާއިރާއަކަށެވެ.

ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އިންތިޚާބުގައި ވާދަކުރަން އެދި ފޯމު ހުށަހެޅުމުން އެ ފޯމު ބަލައިގަތުމާއި ގުޅޭގޮތުން އިލެކްޝަންސްއިން ގޮތެއް ނިންމައި 48 ގަޑިއިރު ތެރޭގައި އެ ފަރާތްތަކަށް އަންގަން ޖެހެއެވެ.

އީސީ އިން ނިންމާފައިވަނީ ކެންޑިޑޭޓުންގެ ގުރުނެގުން އަންނަ ހުކުރު ދުވަހު މެންދުރުފަހު ބޭއްވުމަށް ނިންމާފައެވެ. އޭގެ ކުރިން ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ލިބޭނެއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސްއިން ނިންމަވާފައިވަނީ މާޗު 17ގައެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން ރައްޔިތުންގެ މަޖިލިސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.