"އުމުރު ދުވަހު ގޮނޑީގައި އިންނަން ނުޖެހޭ" - އަހުމަދު ރަޝީދު

ހަބަރު

ހިތަދޫ މެދު ދާއިރާގެ މެމްބަރު ޗެކްމާކް ރަޝީދު އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ފެބުރުއަރީ 2024 , ހުކުރު 14:29   619

އައްޑޫސިޓީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޗެކްމާކް އަހުމަދު ރަޝީދު، ކުރިއަށް އޮތް 20 ވަނަ މަޖިލީސް އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން އަހުމަދު ރަޝީދު ވިދާޅުވީ، އެދި ވަޑައިގަންނަވަނީ އެހެން މީހުންނަށް ވެސް ފުރުޞަތު ލިބުންކަމަށެވެ. އަދި ޒުވާން އާޖީލަކަށް ޖާގަ ވެސް ފަހިވާންޖެހޭކަމަށެވެ.

މެމްބަރުކަމުގައި އަޅުގަނޑުވާނީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް އަޑުއުފުލާފައި. ރައްޔިތުންގެ މަޖިލީހަށް ދަނީ އުމުރު ދުވަހު ގޮނޑީގައި އިންނާކަށް ނޫން. އެހެން މީހުންނަށް ވެސް ފުރުޞަތު ދޭންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އަބަދުވެސް ދާއިރާގެ ކުރިމަގަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި ދެމިހުންނާނަން. އަދި ދެން އަންނަން ތިބި ފަރާތްތަކަށް ވެސް ނަޒާާޙަތްތެރިކަން އިސްކުރުމަށް އިލްތިމާސް ދަންނަވަން.

~ އަހުމަދު ރަޝީދު

ހިތްހެޔޮ މިޒާޖެއްގެ އަހުމަދު ރަޝީދު އަކީ ދާއިރާގެ ރައްޔިތުންނާއި ރަނގަޅު ގުޅުމެއް ބާއްވަމުން އައި ފަރާތެކެވެ.

19 ވަނަ ރައްޔިތުންގެ މަޖީލަށް ހޮވި ވަޑައިގަތުމަށްފަހު އެމްޑީޕީ ސަރުކާރުގެ އިސް ލީޑަރުންގެ ނުރުހުން އެންމެ ފުރަތަމަ ލިބުނު މީހުންގެ ތެރޭގައި އަހުމަދު ހިމެނެއެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި، އޭރުގެ ސަރުކާރުން އަހުމަދުގެ ވިޔަފާރިއަށް އެތަކެއް ގޯނާކުރަމުން ދިޔައިރު ވެސް އަހުމަދު ހުންނެވީ އިސްލާޙަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެމްޑީޕީއިން އެތައް ބޮޑެތި އޮފާތަކެއް އޮއްސަމުން ދިޔައިރު ވެސް އަހުމަދު ގެންދެވީ ނަޒާާޙަތްތެރިކަން ވިއްކަވާ ނުލައްވާނެކަމަށް ވިދާޅުވަމުންނެވެ.

އަހުމަދު ވަނީ ދަ ޑިމޮކްރެޓްސް ޕާޓީ ވުޖޫދުކުރުމުގައި ވެސް ރައީސް މުޙައްމަދު ނަޝީދު އާއިއެކު ގިނަގުނަ ޤުރުބާނީތަކާއިއެކު، ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ.

ހިތަދޫ މެދު ދާއިރާއަށް މިވަޤުތު ކުރިމަތިލައްވާފައި ތިބީ ދެ ފަރާތެކެވެ. އެއީ އެމްޑީޕީގެ ފަރާތުން މިހާރުވެސް އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ ގޮނޑި ފުރުއްވަމުން ގެންދަވާ އެދާއިރާގެ ކައުންސިލަރ މުޙައްމަދު ޝުޢާއު އާއި، ޕީޕީއެމް/ޕީއެންސީގެ ފަރާތުން އަހުމަދު އަޒާންއެވެ. އަޒާން އަކީ ދިޔަރެސް ނޫހުގައި މަސައްކަތްކުރައްވަމުން ގެންދެވި ފަރާތެކެވެ. އަޒާނަށް ޓިކެޓް ލިބިފައިވަނީ، ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓެއް ނެތުމުން އިންތިޚާބަކާއި ނުލައެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.