ޢުމުރުފުރާއަކުން ޗެމްޕިއަންކަން ހޯދި ޓީމެއް | މި މުބާރާތުގައި އެންމެ ގިނަ އެތްލީޓުން ބައިވެރިވީ...

ހަބަރު

އެތްލެޓިކްސް ވަނަތައް: އެންމެ ގިނަ ތަށި ފުވައްމުލަކަށް، އެންމެ ގިނަ މީޓް ރެކޯޑް ހެދީ އައްޑޫގެ އެތްލީޓުން

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 17 ފެބުރުއަރީ 2024 , ހޮނިހިރު 15:15   1435

އިންޓަ-ސްކޫލް އެތްލެޓިސް މުބާރާތުގައި އެންމެ ގިނަ ތަށި ކާމިޔާބުކޮށްފައިވަނީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުންނެވެ.

ފުވައްމުލަކުގެ ސްކޫލްތަކުން ވަނީ އެކި ޢުމުރުފުރާތަކުން ޖުމްލަ 12 ތައްޓެއް ހޯދާފައެވެ. ދެވަނައަށް އެންމެ ގިނަ ތަށި ހޯދާފައިވަނީ އައްޑޫގެ ސްކޫލްތަކުންނެވެ. އެއީ 8 ތައްޓެވެ. ހުވަދު އަތޮޅުގެ ސްކޫލްތަކުން 3 ތައްޓެއް ހޯދާފައިވާއިރު، މާލެ ސަރަޙައްދުން ބައިވެރިވި ޓިމްތަކުން ތައްޓެއް ލިބިފައިވަނީ ހަމައެކަނި ވިލާ އިންޓަނޭޝަނަލް ހައިސްކޫލަށެވެ.

ފުވައްމުލަކުގެ ސްކޫލްތަކަށް ބަލާއިރު އެންމެ ގިނަ ތަށި ހޯދާފައިވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލުންނެވެ. އެ ސްކޫލުން ވަނީ އެކި ޢުމުރުފުރާތަކުން 6 ތައްޓެއް ހޯދާފައެވެ. އޭގެތެރޭގައި 15 އަހަރުން ދަށުގެ އަންހެން 1 ވަނަ އާއި 15 އަހަރުން ދަށުގެ ފިރިހެން 1 ވަނަ ހިމެނެއެވެ. ފުވައްމުލަކުގެ މުހައްމަދު ޙާފިޒް އަހުމަދު ސްކޫލުން 5 ފަސްތ ތަށި ހޯދާފައިވާއިރު، އޭގެ ތެރޭގައި 13 އަހަރުން ދަށުގެ އަންހެން 1 ވަނަ ހިމެނެއެވެ.

އައްޑޫ އަށް ބަލާއިރު އެންމެ ގިނަ ތަށި ހޯދާފައިވަނީ ޝަރަފުއްދީން ސްކޫލުންނެވެ. އޭގެ ތެރޭގައި 17 އަހަރުން ދަށުގެ އަންހެން 1 ވަނަ ހިމެނެއެވެ. އައްޑޫ ހައި ސްކޫލުން ވެސް 20 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިން 1 ވަނަ ހޯދާފައިވެއެވެ. ފޭދޫ ސްކޫލާއި މަރަދޫ ސްކޫލުން، ސ.އަތޮޅު ސްކޫލުން ވެސް ތަށްޓެއް ހޯދާފައިވެއެވެ. އައްޑޫގެ އިތުރު ސްކޫލަކަސް ތަށްޓެއް ލިބިފައި ނުވެއެވެ.

މާލޭގެ ސްކޫލްތަކުން ބައިވެރިވި ޓީމްތަކުން ތަށްޓެއް ލިބިފައިވަނީ ހަމައެކަނި ވިލާ އިންޓަނޭޝަނަލް ހައިސްކޫލުންނެވެ. އެއީ 20 އަހަރުން ދަށުގެ އަންހެން 3 ވަނައެވެ.

މީޓް ރެކޯޑްތައް:

އެންމެ ގިނަ މީޓް ރެކޯޑް ހަދާފައިވަނީ އައްޑޫގެ އެތްލީޓުންނެވެ. އެއީ 9 މީޓް ރެކޯޑެވެ. އޭގެ ތެރޭގައި އައްޑޫ ހައިސްކޫލްގެ ހައްވާ މުޒްނާ ފާއިޒް އާއި އައިޝަތު ޝާއިމް އަޒީޒު ހިމެނެއެވެ. އެ ދެ އެތްލީޓުން ވެސް ވަނީ ކޮންމެ އެތްލީޓަކަށް ދެ ކެޓަގަރީއަކުން މީޓު ރެކޯޑު ހަދާފައެވެ. މަރަދޫ ސްކޫލް މުޙައްމަދު ޔޫނުސް ވެސް ވަނީ ދެ ކެޓަގަރީއަކުން މީޓްރެކޯޑް ހަދާފައެވެ.

ފުވައްމުލަކު ސްކޫލްތަކުން ޖުމްލަ 7 އެތްލީޓަކު މީޓް ރެކޯޑް ހަދާފައިވެއެވެ. އޭގެ ތެރޭގައި ހާފިޒް އަހުމަދު ސްކޫލްގެ މުޙައްމަދު ރިޔާން، އާމިނަތު އަލްޔާ، އައިޝަތު ޝާޔާ، އާއި އާމިނަތު ލައިބާ ހިމެނެއެވެ. އަދި މުޙައްމަދު ޖަމާލުއްދީން ސްކޫލުން މުޙައްމަދު ޝައިން، އަދި ޖަލާލުއްދީން ސްކޫލުން އައިޝަތު ޒައިނާ ހިމެނެއެވެ.

މާލޭގެ ސްކޫލްތަކުގެ ތެރެއިން ވިލާ ހައިސްކޫލްގެ ހުސެއިން ޒީކް އާއި އެސްކޫލްގެ އައިޝަތު ޝާޔާ ވެސް ވަނީ ކޮންމެ އެތްލީޓަކު، ދެ ކެޓަގަރީ އިން މީޓް ރިކޯޑް ހަދާފައެވެ. އަދި އިސްކަންދަރު ސްކޫލްގެ ޒީކް އަޝްރަފް ރަޝީދު ވެސް 800މ އަދި 1500މ ދުވުމުން މީޓް ރެކޯޑް ހަދާފައެވެ.

ފޮޓޯތައް/ ވަނަ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެކެޑެމިކް ކެލެންޑަރަށް ގެނައި ބަދަލުތަކާއިއެކު، މާލޭގެ ގިނަ ސްކޫލްތަކުން މި މުބާރާތުގައި އެތްލީޓުން ބައިވެރިކޮށްފައި ނުވެއެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވި އެތްލީޓުންގެ ޢަދަދު ކުރީގެ މުބާރާތަށްވުރެ މަދުވެފައިވެއެވެ.

އެންމެ ފަހުން އައްޑޫގައި އެތްލެޓިކްސް މުބާރާތެއް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. މި ފަހަރުގެ މުބާރާތަށް އައްޑޫސިޓީ ކައުންސިލުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެ، ވަރަށް ބޮޑަށް ބައިވެރިންނަށް މަރުޙަބާ ދަންނަވައި މެޙްމާންދާރީ އަދާކޮށްފައެވެ.

އިދި ރޭ އޮތް ނިންމުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވައި ކުލަގަދަ ޙަރަކާތްތަކެއް ބާއްވާފައިވެއެވެ.

ޓެގްސް: އެތްލެޓިކްސް އެތްލެޓިކްސް އެސޯސިއޭޝަން އައްޑޫ އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.