ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއީ އިންތިޚާބު ވެވަޑައިގެންނެވި ފަހުން އައްޑޫއަށްކުރައްވާ ފުރަތަމަ ދަތުރުފުޅު. މިދަތުރުފުޅުގައި...

ހަބަރު

ރައީސް މުޢިއްޒު މިއަދު މެންދުރު އައްޑޫއަށް، ބްރިޖާއި ގުޅޭ ފަހުމްނާމާގައި ސޮއިކުރުން މާދަމާ ހުޅުމީދޫގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ފެބުރުއަރީ 2024 , އާދީއްތަ 08:21   344

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންދުރު އައްޑޫއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން މަޢްލޫމާތު ދެއްވައިފިއެވެ.

މިއީ ރަޢީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، މި ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. މިގޮތުން ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮންނާނީ އައްޑޫ ހައިސްކޫލްގައި މިއަދު ހަވީރުކަމަށް މަޢްލޫމާތު ލިބިފައިވެއެވެ. ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮންނާނީ މިރޭ ފޭދޫ ސްކޫލްގައެވެ.

އަދި މާދަމާ ހުޅުމީދޫއަށް ވަޑައިގެން، ހުޅުމީދޫ އާއި ހިތަދޫ ދެމެދު އެޅުމަށް ސަރުކާރުން ވަޢުދުވެފައިވާ 2 ބިލިއަން ޑޮލަރުގެ އަގުބޮޑު ބްރިޖް ޕްރޮޖެކްޓްގެ ޕްލިމިނަރީ ޑިޒައިން އާއި ސާވޭކުރުމަށް މިޞްރުގެ ދަ އަރަބް ކޮންޓްރެކްޓާސް އާއިއެކު ފަހުމުނާމާއެއްގައި ސޮއިކުރުން އޮންނާނެއެވެ. މިއީ ގާތްގަނޑަކަށް 14 ކިލޯ މީޓަރުގެ ބްރިޖެކެވެ. މީގެކުރިން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އައްޑޫގެ ބްރިޖްގެ މަޝްރޫއަކީ މި ސަރުކާރުން ހިންގަވާނެ އެންމެ ބޮޑު ޕްރޮޖެކްކަމަށެވެ.

މި ޕްރޮޖެޓަށް މިޞްރުގެ ކުންފުނިން ޝަޢުޤުވެރިކަން ފާޅުކޮށް ހިލޭ ޑިޒައިންގެ މަސައްކަތްކޮށްދޭނެކަމަށް ބުނެފައިވާއިރު، ފައިސާ ހަމަޖެހިގެންދާނެގޮތުގެ ތަފްޞީލްތައް މިހާތަނަށް ޢާއްމުވެފައި ނުވެއެވެ.

ރަޢީސްގެ މިދަތުރުފުޅުގައި އައްޑޫސިޓީ ކައުންސިލްގެ އިތުރުން ޑަބްލިއުޑީސީ މެމްބަރުންނާއި ވެސް ބައްދަލުކުރައްވާނެއެވެ.

ޓެގްސް: ރައީސް ރައީސްގެ ރަސްމީ ދަތުރުފުޅުތައް އައްޑޫ ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.