އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާޢިލް، ޕީއެންސީ އިން ތުހުމަތު ކުރަނީ...

ހަބަރު

އިންތިޚާބު ފަސްކުރާ ބިލް ތަސްދީދު ނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ފެބުރުއަރީ 2024 , ހޯމަ 10:24   340

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް، ތަސްދީދު ނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީ އިން ހުށަހަޅައި މމަޖިލީހުގެ ތަޅުމުން ފާސްކުރި ބިލަކީ މަޖިލީސް އިންތިޚާބު މިހާރު ޤާނުނުގައި ކަނޑައެޅިފައިވާ ދުވަސްތަކަށް ބަލައިގެން ބާއްވާނަމަ ކުރިއަށް އޮތް ރޯދަމަސްތެރޭގައި އިންތިޚާބު ބާއްވާންޖެހޭތީ، ޤާނުނުގައި ތާރީޚުތަކާއި ގުޅޭ މާއްދާތައް އިސްލާޙްކުރުމަށް ފާސްކުރި ބިލެކެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެފައިވަނީ، ބިލް ފާސްކުރަން ސަރުކާރަށް ގޮވާލާކަމަށެވެ.

"އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލު ވަގުތުން ތަސްދީގުކުރަން ޖެހޭ" ފައްޔާޒު ވިދާޅުވެފައިވެއެވެ.

އެންމެ ފުރަތަމަ އިލެކްޝަންސް ކަމިޝަނުން އިންތިޚާބާއި ގުޅޭގޮތުން މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން އޭރު އެމްޑީޕީއިން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައިނުވެއެވެ. އެކަމަކު އޭރު ސަރުކާރުން ބޭނުންވީ އިންތިޚާބު ފަސްކުރާށެވެ. ޕާޓީތަކުން މިގޮތަށް ޢަމަލުކޮށްފައިވަނީ އިންތިޚާބު ބާއްވާ ތާރީޚްތަކާއި ގުޅިގެން ވާނެ ފައިދާ އާއި ގެއްލުންތައް މިނެ ކިރުމަށްފަހުކަމަށް ލަފާކުރެވެއެވެ.

ކޮންމެއަކަސް އެމްޑީޕީ އިން ވަނީ ފަހުން އެޕާޓީގެ ސްޓޭންޑް ބަދަލުކޮށް އިންތިޚާބު ފަސްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އެކަމަކު މިފަހަރު ސަރުކާރުގެ ހިލަމެއް ނެތެވެ. މަޖިލީހުން ފާސްކުރި ބިލުގައި ސަރުކާރަށް ތާޢީދުކުރާ މެމްބަރުން ބައިވެރިވެފައި ނުވެއެވެ.

އެހެންކަމުން ސަރުކާރުން މިކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުނުވެއެވެ.

ޕީއެންސީގެ ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެމްޑީޕީ އިން އަންނަނީ ސިއްރިޔާތުގައި ރައީސް މުޢިއްޒު ވެރިކަމުން އަޒަލުކުރުމަށް ތައްޔާރުވަމުންކަމަށް އެޕާޓީ އިސް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ރޭ އައްޑޫސިޓީގައި ބޭއްވުނު ރައީސް ބައިވެވަޑައިގެންނެވި ޖަލްސާގައި ވެސް އެވާހަކަތައް ތަކުރާރުކުރައްވާފައެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް އިންތިޚާބު މަޖިލީސް އިންތިޚާބު ޕީއެންސީ އެމްޑީޕީ އެތެރޭގެ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.