37 މިލިއަން މީހުން ވަނީ ޙާލުގައި ޖެހިފައި

ހަބަރު

އެމެރިކާގެ ކެލިފޯނިއާ އެއްކޮށް ފެނު އަޑީގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ފެބުރުއަރީ 2024 , ހޯމަ 11:41   459

ބޯ ވިއްސާރަ އާއިއެކު އެމެރިކާގެ މުޅި ކެލިފޯނިއާގެ ގާތްގަނޑަކަށް މުޅި އާބާދީ އަދިވެސް އޮތީ ފެންބޮޑުވުމުގެ އެލާޓުގައެވެ.

ކެލިފޯނިއާގައި މި މަހުގެ ކުރީކޮޅު އައި ބާރުގަދަ ތޫފާނުން ރަނގަޅުވަމުން އަންނައިރު، އެ ތޫފާނުގެ ސަބަބުން ރެކޯޑް އަދަދަކަށް ވާރޭވެހި، އެ ސްޓޭޓްގެ ދެކުނު ސަރަހައްދުތަކަށް އެތައް ސަތޭކަ މަޑްސްލައިޑްގެ ޙާދިސާ ހިނގާފައިވެއެވެ.

މޫސުމާއި ބެހޭ އިދާރާތަކުން ބުނާގޮތުން މި ހަފްތާގައި، ތޫފާންތައް އެހާ ބޮޑަށް ގަދަވާނެ ކަމަށް ނުބެލެވޭއިރު، ކެލިފޯނިއާގެ ބައެއް ހިސާބުތަކަށް ހަފްތާގެ މެދުތެރެއާ ހަމައަށް ޖުމްލަ 5 އިންޗިއާ ހަމައަށް ވާރޭ ވެހޭނެ ކަމަށާއި 37 މިލިއަން މީހުންނަށް ފެންބޮޑުވާނެކަމަށް ލަފާކޮށްފައިވެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސެންޓްރަލް ކެލިފޯނިއާގެ ހުރިހާ ހިސާބަކަށް ފުރަތަމަ ބުރުގެ ވާރޭ ވެހެން ފެށިއިރު، ހުކުރު ދުވަހު އައި ދެވަނަ ތޫފާން މަޑުމަޑުން އަރާހަމަކޮށްފައިވާއިރު، ފެންބޮޑުވުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ. މި ހަފްތާ ބަންދުގެ އެއް ހިސާބެއްގައި ގާތްގަނޑަކަށް 38 މިލިއަން މީހުން ތިބީ ފެންބޮޑުވުމުގެ ބިރުގައެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ އެ ސްޓޭޓްގެ އޮޕަރޭޝަންސް ސެންޓަރު އެކްޓިވޭޓް ކުރައްވާފައި ކަމަށް އޭނާގެ އޮފީހުން އާދީއްތަ ދުވަހު އިއުލާންކޮށްފައިވެއެވެ.

"އަޅުގަނޑުމެންގެ ސްޓޭޓުން މި ދެން އަންނަ ތޫފާން ސީރިއަސްކޮށް ނަގަމުންދާއިރު، ކެލިފޯނިއާގެ ހުރިހާ ރައްޔިތުން ވެސް މިހާރު ފިޔަވަޅު އަޅައި ތައްޔާރުވުމަށް އެދެން،" އޭނާ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވި އެވެ.

ކުއްލި ހާލަތްތަކުގައި ރައްދު ދެވޭނެ ގޮތަށް ބައެއް ކައުންޓީތަކުގައި ސްވިފްޓް ވޯޓާ ރެސްކިއު ޓީމުތަކާއި އެހެނިހެން މުވައްޒަފުންނާއި ސާމާނު ޕްރިޕޮޒިޝަން ކުރުމަށް ގަވަރުނަރު ވަނީ އޮފީސް އޮފް އިމަޖެންސީ ސާވިސަސްއަށް އަންގަވާފަ އެވެ.

ޓެގްސް: ފެންބޮޑުވުން ވިއްސާރަ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.