ކޮންސްޓްރަކްޝަން މިނިސްޓަރު މިސްރު ކުންފުންޏާއިއެކު، މިސްރު ކުންފުންޏަކީ...

ހަބަރު

އައްޑޫ ބްރިޖް: މިސްރު ކުންފުންޏަކާއިއެކު ފީޒިބިލިޓީ ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 ފެބުރުއަރީ 2024 , ހޯމަ 14:49   427

އައްޑޫގައި ހެދުމަށް ސަރުކާރުން ވަޢްދުވެފައިވާ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ 14 ކިލޯމިޓަރުގެ ބްރިޖް އެޅުމުގެ ކުރިން ހަދަން ޖެހޭ ފީޒިބިލިޓީ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް މިސްރުގެ ކުންފުންޏަކާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެއްބަސް ވެވިފައިވާ ކަންކަމުގެ ތަފްޞީލްތައް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. ކުރިން ސަރުކާރުން ބުނެފައިވަނީ މި ބްރިޖް އަޅަން ސަރުކާރުން ފައިސާ ޚަރަދު ނުކުރާނެކަމަށެވެ. ނަމަވެސް، ބަދަލުގައި އެކުންފުންޏަށް ލިބެނީ ކޮން ފައިދާތަކެއްކަމާއި، ޙަވާލުކުރަނީ ކިހާ މުއްދަތަކަށް ކަން ސާފު ނުވެއެވެ.

ސަރުކާރުން ބްރިޖް އެޅުމަށް ބޭނުންވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިޞްރުގެ ދަ ޢަރަބް ކޮންޓްރެކްޓާސް ކުންފުނިންނެވެ. ސަރުކާރުން ވަނީ ޗައިނާގައި ބޭއްވި އިންވެސްޓާރުންނަށް ބޭއްވި ފޯރަމްތަކުގައި ވެސް މިމަޝްރޫގެ މަޢްލޫމާތުތައް ޙިއްޞާކޮށްފައެވެ. ނަމަވެސް ޗައިނާގެ ކުންފުންޏަކުން އިޖާބަ ދީފައިނުވެއވެ.

ރައީސް މުޢިއްޒު އައްޑޫ އާއި ދެކުނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމްއޯޔޫގައި ދަ އަރަބް ކޮންޓްރެކްޓާސް އާއިއެކު ސޮއިކޮށްފައިވެއެވެ.

މިއަދު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ބްރިޖްގެ ޢަމަލީ މަސައްކަތްތައް މިއަހަރުތެރޭގައި ފައްޓަވައި ދައުރު ނިމުމުގެ ކުރިން ނިންމަވައިދެއްވާނެކަމަށެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މިމަސައްކަތަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނި

ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏަކީ 1955 ވަނަ އަހަރު މިޞްރުގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގައި 72،000 އަށްވުރެގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.

އެ ކުންފުންޏަކީ މީގެކުރިން އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ. މިހާރުވެސް 29 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުން އަން އެ ކުންފުނިން ވަނީ މިޞްރުގެ ކައިރޯގައި ވެސް 20 ކިލޯމީޓަރުގެ ބޮޑު ބްރިޖް ޕްރޮޖެކްޓެއް ނިންމާފައެވެ.

ޓެގްސް: އައްޑޫ ބްރިޖް ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.