30 އަށްވުރެ ގިނަ ދޯނި އޮތީ އިޙްތިޖާޖުގައި، ސަރުކާރުން ބުނީ ދެވޭނީ 100 މިލިއަންކަމަށް، ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހުރީ 150 މިލިއަނުގައި

ހަބަރު

މަސްވެރިން އިހްތިޖާޖު ހުއްޓާނުލި، މަސްކިރުން ހުއްޓިފައި، ޑިމާންޑްކުރަނީ ދޭންޖެހޭ 300 މިލިއަން ރުފިޔާ އެއްކޮށްދިނުމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ފެބުރުއަރީ 2024 , ހޯމަ 16:16   645

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ މުޅިން އެއްކޮށް ދައްކާ ޚަލާޞްކުރުމުން ނޫނީ އިޙްތިޖާޖު ހުއްޓާނުލާނެކަމަށް މަސްވެރިން ބުނެފިއެވެ.

30 އަށް ވުރެ ގިނަދޯނިން މަސްވެރިން ކޫއްޑޫގައި ކުރަމުންދާ މުޒާހިރާ ފިނިކުރުމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު ވަނީ ކޫއްޑޫއަށް އިއްޔެ ވަޑައިގެންފައެވެ. އަދި ހުށެހެޅުމަކަށްވީ މަސްވެރިންނަށް ނުދެވި އޮތް 300 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ދިނުމަށެވެ.

މަސްވެރިން ބުނާ ގޮތުގައި އެގޮތް ބަލައި ނުގަނެވޭނެއެވެ.

އެތަނުން ވާހަކަ ދެއްކި މަސްވެރިއަކު ބުނެފައިވަނީ، ސަރުކާރުން އޮޅުވާލަނީ ކަމަށާއި ދެން އެކަން އެގޮތަށް ވިޔަ ނުދޭނެކަމަށެވެ.

ރޯދަމަހެއް އައިސް މި ބޯމަތިވަނީ. ކޮންމެ ފަހަރަކު ވެސް މިދެނީ ކުރިން ދޭން ހުރި ލާރިކޮޅުން ތަންކޮޅެއް. އަނެއް ހަފްތާއަށް އެޅޭއިރު ކުރިއަށް ވުރެ ބޮޑު އެއްޗެއް އެބައޮވޭ ނުދީ. ދައުލަތަކުން މިވަރުކުރީމާ އެއީ ބޮޑުވަރު. ގަންނަ މަހަށް ފައިސާ ނުދެވެންޏާ ނުގަންނަންވީ. ދޭ ލާރިކޮޅުން ތެޔޮ ވެސް ނޭޅޭ. ގެއަށް ގެންދާނެ އެއްޗެއް ނޯވޭ. މުޒާހިރާ މިކުރަނީ، ހަމަ ކުއްލިއަކަށް ތިބެފަކާ ނޫން. ސަރުކާރަށް އާދޭސްކޮށްކޮށް ވަރުބަލިވީމާ.

~ މަސްވެރިއަކު

މިހާރު ކުރަމުންދާ އިޙްތިޖާޖުގައި ފެލިވަރަށް މަސްކިރުން ވަނީ އެއްކޮށް ހުއްޓުމަކަށް ގެެނެސްފައެވެ. މަސްވެރިން ބުނަނީ، އެއްވެސް މަސައްކަތެއް ކުރިއަށް ދެވޭނީ ފައިސާ އެއްކޮށް ދިނުމުން ކަމަށެވެ.

މަސްވެރިން އައީ މިދިޔަ ހަފްތާއިން ފެށިގެން މުޒާހިރާކުރާނެކަމުގެ އިންޒާރުދެމުންނެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް މިފްކޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.