މިރްޒާގަށް މަރުޙަބާ ދެންވުމަށް އެއަޕޯޓަށް ގޮސް ތިބި ސަޕޯޓަރުން

ހަބަރު

އައްޑޫސިޓީ: ހިތަދޫ އުތުރުން އަމިއްލަގޮތުން ނިކުންނަވާ ކެންޑިޑޭޓް މިރްޒާގަށް ގަން އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 ފެބުރުއަރީ 2024 , ހޯމަ 21:20   4117

އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާއަށް އަމިއްލަގޮތުން ނިކުންނަވާ ކެންޑިޑޭޓް މުޙައްމަދު މިރްޒާގަށް ގަން އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ނިމިދިޔަ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައިވާ މިރްޒާގަށް އެ އިންތިޚާބު ނާކާމިޔާބުވެފައިވަނީ އެންމެ 28 ވޯޓުގެ ތަފާތަކުންނެވެ. ނާކާމިޔާބުވުމަށްފަހު މިރްޒާޤް ނިންމެވީ އަމިއްލަގޮތުން ވާދަކުރެއްވުމަށެވެ. އިލެކްޝަންސް ކަމިޝަންގެ ގުރުނެގުމަށް ފަހު، ގުރުން މިރްޒާގަށް ލިބުނީ 2 ވަނަ ނަމްބަރެވެ.

މި ދާއިރާ އަށް ޖުމްލަ 7 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އޭގެތެރޭގައި ދެ އަންހެން ކެންޑިޑޭޓަކުވެސް ހިމެނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އައްޑޫގެ ގޮނޑިއަކަށް އެންމެ ގިނަ މެމްބަރުން ވާދަކުރާ ގޮޑިއެވެ. މި ދާއިރާގެ މިވަގުތު ގޮނޑި ފުރުއްވަމުން ގެންދަވަނީ މެމްބަރު މުޙައްމަދު އަސްލަމެވެ. އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި 3 ދައުރު ފުރިހަމަ ކުރައްވާފައެވެ.

މިރްޒާޤް އެތެރޭގެ އިންތިޚާބު ނާކާމިޔާބުވުމަށްފަހު އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމެވީ ކީއްވެތޯ އެކްސްޕްރެސް ނިއުސް އިން ސުވާލުކުރުން ވިދާޅުވީ، "އެތައް ރައްޔިތުންގެ ޙައްޤު ގެއްލިފައިވާތީ އާއި އެޙައްޤުތައް އަލުން އަނބުރައި ހޯދައިދީ އިޔާދަކުރުމަށް އެދޭތީ" ކަމަށެވެ.

ނިމިދިޔަ އިންތިޚާބުގައި އަޅުގަނޑަށް ވޯޓުލާން ބޭނުންވެގެން ދަފްތަރުކުރި އެތައް ބަޔަކަށް ވޯޓު އަޅަން ދިޔައިރު ވޯޓެއް ނޭޅުނު. އަޅުގަނޑަށް ވޯޓުލާން ދިޔަ 180 މީހަކަށް ވޯޓު ނުލެވުނުކަން ފާހަގަކުރަން. ވޯޓާސް ލިސްޓު އޮތީ ވަރަށް ބޮޑަށް ގަޑުބަޑުކޮށްފައި. 1300 މީހުންގެ ލިސްޓު ކުއްލިއަކަށް 1100 އަށް ތިރިވި. އޭގެ އިތުރަށް، އެމްޑީޕީގެ އެތައް ބަޔަކު އޮތީ ޕީޕީއެމް އަށް ކުއްލިގޮތަކަށް ވައްދާފައި. މިހިރީ ބޮޑެތި މައްސަލަތައް.

~ މުޙައްމަދު މިރްޒާޤު

މިރްޒާޤު އިތުރަށް ވިދާޅުވީ ބަދަލުވާންޖެހޭ ގިނަ ކަންކަން އެބަހުރިކަމަށާއި، ދެއަތް އުރާލައިގެން މިކަންކަމާއިމެދު އެއްޗެކޭ ނުބުނެ ހަނު ހުރެވެން ނެތްކަމަށެވެ.

"ވަރަށް ގިނަ ރައްޔިތުން އަޅުގަނޑު ގާތު އެބަ އެދޭ އިންތިޚާބަށް ނިކުތުމަށް. އަދި އެމީހުންގެ ޙައްޤުތައް ވެސް ހޯދައި ދިނުމަށް. ހަމަ އެގޮތަށް ސިޔާސީ އިސް ފަރާތްތަކުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް އެބަ ލިބޭ. އަޅުގަނޑު ބޭނުންވޭ ކިތަންމެހާ ވެސް މިދާއިރާއަށް ޚިދުމަތްކޮށްދިނުމަށް. އެހެންވެ މި ނިކުންނަނީ" މިރްޒާޤު ވިދާޅުވިއެވެ.

ލިޔުމާއި ގުޅޭ

ޓެގްސް: އިންތިޚާބު ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.