ރައީސް މުޢިއްޒު ފުވައްމުލައްސިޓީ މޭޔަރާއިއެކު، ސަރުކާރުން ބޭނުންވަނީ ޓާޝަރީ ހޮސްޕިޓަލަކާއިއެކު ހުރިހާ މަގެއް...

ހަބަރު

ރައީސް ފުވައްމުލަކުގައި: ސަރުކާރުގެ އެންމެބޮޑު ކަންބޮޑުވުމަކީ އަޒުލްކުރާ މައްސަލަ، ދެން ޚަޒާނާގައި ފައިސާނެތުން

އަލީ އަޒްޔަން - ފުވައްމުލަކު | 20 ފެބުރުއަރީ 2024 , އަންގާރަ 09:05   298

ރައީސުލްޖުމްހޫރިއްޔާ ދެކުނު 4 އަތޮޅަކަށް ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި، ފުވައްމުލައް ސިޓީ އިއް ހަވީރު ވަނީ ވަޑައިގެންފައެވެ.

ފުވައްމުލައްސިޓީ މޭޔަރާއިއެކު ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގައި ސަރުކާރުގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަތައް ޙިއްޞާކުރައްވާފައެވެ.

ރަޢީސްގެ ޚާއްޞަ އެޑްވައިޒަރ ޢަބްދުއްރަޙީމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު އޮތީ "ހުސް ތޮށިގަނޑު" ކަމަށެވެ. އައްޑުގައި ބޭއްވުނު ޖަލްސާގައި ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމަށް ވުރެމާބޮޑުތަން މައްޗަށް ޖެހިފައިވާކަމަށާއި، ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނިތައް އޭރެކުރީ 40 އަހަރާއި ނުބައްދަލުކަމަށެވެ.

ސަރުކާރުން މިހާތަނަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އާ ޕްރޮޖެކްޓެއް ފަށާފައިނުވެއެވެ. އެކަމަކު ރަސްމާލެ ހިއްކުމާއި، އަައްޑޫ ބްރިޖް އަމިއްލައަށް ފައިނެންސްކުރާ އުސޫލުން ސްރީލަންކާ އާއި މިޞްރުގެ ދެ ކުންފުންޏަކާއި ޙަވާލުކޮށްފައިވެއެވެ. މި ދެކަމާއި ގުޅޭގޮތުން ވެސް ސަރުކާރުން އެއްވެސް މަޢްލޫމާތުތަކެއް ސަރުކާރުން ޙިއްޞަކުރައްވާފައި ނުވެއެވެ. އަދި ސަރުކާރުގެ މާލީ ޙަލަތާއިގުޅޭ ރިޕޯޓްތައް ޝާޢިއުކުރުން ވެސް ވަނީ ހުއްޓާލާފައެވެ.

މީގެ ކުރިން ރާއްޖެއިން އެންމެ ބޮޑަށް ދަތިވާ ދުވަސްތަކުގައި އެހީ ވަމުން އައީ އިންޑިއާއިންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއިއެކު ގާތްގުޅުން ބޭއްވި ނަމަވެސް، ޗައިނާ އާއިއެކު އެފަދަ ގުޅުންތަކެއް އަދި މި ސަރުކާރުގައި ފެނިފައިނުވެއެވެ. މައިނގަނޑު ސަބަބަކަށް ރައީސް ޔާމީން އެކަހެރިކޮށްފައި ހުރުން ވެދާނެއެވެ.

ރައީސްގެ ދެކުނުގެ ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަކުރައްވާކަމަކީ، ރަޢީސް ވެރިކަމުން އަޒުލްކުރަން ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރައްވާކަމުގެ ތުހުމަތެވެ. ރައީސް އަރިހުގައި ވަޑައިގެންނެވި ހުރިހާ ވަޒީން ވެސް ވަނީ މިމައްސަލަ އަލިއަޅުވާލައްވައި ކަންބޮޑުވުން ޙިއްޞާކުރައްވާފައެވެ.

ފުވައްމުލައްސިޓީ:

ރައީސް ވަނީ ފުވައްމުލައް ސިޓީއަށް ބޮޑެތި ވަޢުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ފުވައްމުލަކު ހުރިހާ މަގެއް ހަދައިދިނުމާއި، ފުވައްމުލަކުގައި ޓާޝަރީ ހޮސްޕިޓަލެއް އަޅައިދިނުން ހިމެނެއެވެ. އަދި ބަނދަރު ފުޅާކުރުމާއި ޑައިވަރުންނަށް ޚާއްޞަ ޑީކޯ ޗެމްބަރެއް ހެދުންމުގެ އިތުރުން ވެސް ގިނަކަންކަން ހިމެނެއެވެ.

ހުރި ގޮންޖެހުންތަކާއި އެކު ޢަބްދުއްރަޙީމް އެދިވަޑައިގެންނެވީ މަޖިލީހުގެ 3 ގޮނޑި ޕީއެންސީ އަށް ހޯއްދަވައިދެއްވުމަށެވެ.

ޓެގްސް: ފުވައްމުލައް ފުވައްމުލައް ޑރ. މުއިއްޒު ރައީސްގެ ރަސްމީ ދަތުރުފުޅުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.