ފިޝަރީސް މިނިސްޓަރ ޝިޔާމް، މަސްވެރިން ވަނީ މިފްކޯއިން ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރުވެސް ދީފައި

ހަބަރު

މަސްވެރިން މުޒާހިރާ ހުއްޓާނުލި، ބުނީ ބޭނުންވަނީ ދައުލަތުގެ ރިޒާވުން ނަގައިގެންވިޔަސް ފައިސާ ހޯދަންކަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ފެބުރުއަރީ 2024 , ބުދަ 09:57   406

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން އިންތިޖާޖުކުރަމުން އަންނަތާ މިއަދަށް މިއީ 5 ވަނަ ދުވަހެވެ. މަސްވެރިން ބުނަނީ، ފައިސާ ނުލިބެނީސް މުޒާހިރާކުރުން ހުއްޓާނުލާނެކަމަށާއި، ދައުލަތުގެ ރިޒާވުގައި ބަހައްޓާފައިހުރި ފައިސާއިން ނަގައިގެން ވިޔަސް ފައިސާ ހޯދަން ބޭނުންވާކަމަށެވެ.

މަސްވެރިން އިއްޔެ ވަނީ މިފްކޯގެ ޢިމާރާތަށް ވެސް ވަދެ، އެތަނުން ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ސަރުކާރުން މަސްވެރިނަށް 400 މިލިއަން ރުފިޔާ ދޫކުރިކަމަށް ބުނެފައި ވީނަމަވެސް، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ޖުމްލަ މިހާރުވެ 300 މިލިއަނަށްވުރެ ބޮޑެވެ. މި ސަރުކާރު ވެރިކަމާއި ޙަވާލުވިއިރު އެ ޢަދަދު ހުރީ 150 މިލިއަނުގައެވެ.

މިފްކޯގެ އެކައުންޓުގައި ހުރި ފައިސާގެ ޢަދަދަކީ 22 މިލިއަން ރުފިޔާއެވެ. މިފްކޯ އިން ހުށަހެޅީ އެފައިސާ ހުރިހާ މަސްވެރިންގެ މެދުގައި ހަމަހަމައަށް ބަހާލުމަށްފަހު، މިފްކޯ އަށް 2 ދުވަހެއްގެ ތެރޭގައި ލިބެންއޮތް 3 މިލިއަން ޑޮލަރު މާރުކުރުމަށްފަހު އިތުރަށް ފައިސާ ދިނުމަށެވެ. އަދި މާޗް 5 ގެ ކުރިން ހުރިހައި ފައިސާއެއް ދައްކައި ޚަލާޞްކުރުމަށެވެ. ނަމަވެސް މަސްވެރިން އެގޮތަކަށް އެއްބަހެއް ނުވިއެވެ.

ދައުލަތުގެ މާލީ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޢާއްމު ގޮތެއްގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އައި އަވަށްޓެރި އިންޑިއާ އާއި ގުޅުން ހީނަރުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ވެސް ސަރުކާރަށް އެއްވެސް ވަރަކަށް އެއްބާރުލުން ލިބެމުން ނުދެއެވެ.

އިޤްތިޞާދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ މާލީ ޙާލަތު ކުރިއަށް އޮތް ދެމަސްދުވަހު އިތުރަށް ގޯސްވާނެއެވެ.

ޓެގްސް: އިގްތިޞޯދު މަސްވެރިކަމުގެ ސިނާޢަތް މިފްކޯ މުޒާހިރާ/ ހަޅުތާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.