ތަޢްލީމީ ދާއިރާގައި ގިނަދުވަސްތަކެއް ހޭދަކުރައްވާފައިވާ، މުޙައްމަދު ވަޙީދު ހުސެން، މީގެ ކުރިން އެމްކިއުއޭގެ ސީއީއޯކަމުގައި ވެސް ހުންނެވި

ހަބަރު

ގަން އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ އަކަށް މުޙައްމަދު ވަޙީދު ހުސެން ހަމަޖައްސަވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ފެބުރުއަރީ 2024 , ބުދަ 14:57   549

ގަމުގައި ހުންނަ، އައްޑޫ އިންޓަނޭޝަަނަލް އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ އަކަށް މުޙައްމަދު ވަޙީދު ހުސެން ހަމަޖައްސަވައިފިއެވެ.

20 އަހަރަށްވުރެ ގިނަ ދުވަހު ސިވިލް ސާވިސްގައި މަސައްކަތް ކުރައްވާފައިވާ ވަޙީދު އަކީ އައްޑޫސިޓީ ހިތަދޫ އަށް އުފަން ބޭފުޅުކެވެ.

އަހަރުތަކެއް ކުރިން މަޖީދިއްޔާ ސްކޫލްގައި ވެސް ޚިދުމަތްކުރެއްވި ވަހީދު ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ކަންވެސް ކުރައްވާފައެވެ. އަދި އޭގެ ކުރީގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން އޮންނަ ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމެންޓްގައި ޑިރެކްޓަރެއްގެ މަޤާމުގައި ހުރެ އިސް ދައުރެއް އަދާކުރައްވާފައެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް، އައްޑޫގައި ސީޕްލޭން އޮޕަރޭޓްކުރެވޭ ގޮތް ހަދައި، އައްޑޫގެ އެއަރޕޯޓް މުޅި ސަރަޙައްދުގެ މައި އިޤްތިޞޯދީ ހަބަކަށް ހައްދަވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އެކަމަށް ފަހިވެގަތުމަށްޓަކައި، މުވައްޒަފުންނާއި އެންމެހައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާލެއްވުން ދެއްވުމަށް އެދި ވަޑައިގަންނަވާކަމަށެވެ.

އައްޑޫގެ އެއަރޕޯޓުގައި މިވަޤުތު ތަރައްޤީގެ ބިޔަ މަޝްރޫޢުއެއް އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ޙަވާލުކުރެވިގެން ކުރިއަށް އެބަދެއެވެ. މިމަސައްކަތުގެ ތެރޭގައި އާޓަމިނަލްއެއްގެ މަސައްކަތުގެ އިތުރުން، ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މަގުތަކާއި، ޕާކިން އިތުރުކުރުން ހިމެނެއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ސަރުކާރުގެ 70 އިންސައްތަ އަދި ޗަމްޕާ ކުންފުނީގެ 30 އިންސައްތަ ޙިއްސާ އޮންނަ ކުންފުންޏެކެވެ. މިވަޤުތު އެއަރޕޯޓަށް ދުވާލަކު 4 މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓް އާއި ސްރީލަންކަން އެއަރލައިންސް އިން އިން ހަފްތާއަކު 2 ފްލައިޓް އަންނަނީ ބާއްވަމުނެވެ.

ޓެގްސް: ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.