ގްލޯނެޓުން މީގެކުރިން އައްޑޫގައި ބޭއްވި ފެއަރއެއްގެ ތެރެއިން

ހަބަރު

ގްލޯނެޓް އެޑިއުކޭޝަން ފެއާ ހޮނިހިރުދުވަހު ހަވީރު އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ފެބުރުއަރީ 2024 , ބުދަ 15:09   754

ގްލޯނެޓް އެޑިއުކޭޝަން ފެއާރ ހޮނިހިރު ދުވަހު ހަވީރު އައްޑޫގައި އޮންނާނެކަމަށް އެފެއާ އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މިފެއާރ އޮންނާނީ އައްޑޫ ހައި ސްކޫލް ހޯލުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.

ގްލޯނެޓުން ބުނެފައިވަނީ މިފެއާ ބޭއްވުމުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް، މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހުރި މަތީ ތަޢްލީމުގެ ފުރުސަތުތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ.

މި ފެއާއިން ބެލެނިވެރިންނާއި ދަރިވަރުންނަށް ލިބިގެންދާނެ މުޙިއްމު މަޢްލޫމާތުތަކުގެ ތެރޭގައި ޔުނިވާސިޓީ، ކޮލެޖުތަކުގައި ކިޔެވުމަށް ދާނެ ހަރަދުގެ ފުރިހަމަ މައުލޫމާތާއި، ކޯސްތަކުގައި ކިޔަވައިދޭނެ ބައިތަކުގެ މައުލޫމާތުތައް ހިމެނެއެވެ.

ފެއާގެ ތެރެއިން ރާއްޖޭގެ އިންސްޓިޓިއުޓުތަކަށް ވެސް ބޭރުގެ ޔުނިވާސިޓީތަކާ އެކު ގުޅުން ބަދަހި ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ގްލޯނެޓުން ފާހަގަ ކުރެއެވެ.

މި އަހަރުގެ ފެއާގައި ވެސް ވިސާ ހޯދުމާއި އެކަމަޑޭޝަންގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝަން ބަލައިގަތުމާއި ޕްލޭސްމަންޓު ލެޓާގެ ކަންތައްތައް ހަމަޖައްސާދޭނެ އެވެ. މީގެ އިތުރުންވެސް ސްކޮލާރޝިޕް ޑިސްކައުންޓް ލިބޭ ކޯސްތަކުގެ މައުލޫމާތު ދިނުމާއި އެ ކޯސްތަކަށް ރަޖިސްޓްރީ ކޮށްދިނުމާއި ކެރިއާ ގައިޑެންސް ބޭނުންވާ ދަރިވަރުންނަށް އެ ހިދުމަތްވެސް އެ ތަނުން ލިބޭނެ އެވެ. މިގޮތުން ބައެއް ޔުނިވާސިޓީތަކުން 10 އިންސައްތަ އާއި 50 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓު ލިބިގެންދާނެއެވެ.

ގްލޯނެޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު މިފަދަ ފެއާތައް ބާއްވައެވެ. މިފެއާތައް ބާއްވަނީ ބޭރުގެ ޔުނިވާސިޓީތަކުގެ އިންޓޭކްތަކާއި ދިމާކޮށެވެ.

ޓެގްސް: މަތީ ތަޢުލީމް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.