މިއަދުއޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް (ކ)، މެރީނާ އަކާއިއެކު 17 ރިސޯޓް...

ހަބަރު

ތިނަދޫ އެއަޕޯޓަށްފަހު، ގއ. ވިލިނގިލީގައި ވެސް އެއަރޕޯޓެއް އަޅަން ފްރާންސް ކުންފުންޏަކާއި ޙަވާލުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 ފެބުރުއަރީ 2024 , ބުރާސްފަތި 11:20 1   385

ބައި ބިލިއަން ބިލިއަން ޑޮލަރަށް ވުރެ އަގުބޮޑު އިންވެސްޓްމެންޓަކާއިއެކު، ގއ. ވިލިނގިލީގައި އެއަރޕޯޓެއް އަޅަން ބަޔަކާއި ޙަވާލުކޮށްފިއެވެ.

މިއީ ސަރުކާރުން މިހާތަނަށް ހުވަދު އަތޮޅަށް ކުރަން ނިންމާފައިވާ އެންމެ ބިޔަ އިންވެސްޓްމެންޓެވެ. އަދި މިއީ ސަރުކާރުގެ ބޮޑު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.

މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތާއިއެކު، ފަރަންސޭސި ކުންފުންޏެއް ކަމުގައިވާ ބެސިކްސް ގްރޫޕާއިއެކު ފަހުމުނާމާ [އެމްއޯޔޫ] އެއްގައި ސޮއިކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ.

މި މަޝްރޫޢު ދަށުން އެއަރޕޯޓް ތަރައްޤީ ކުރުމާއިއެކު އެހެން ޕްރޮޖެކްޓްތައް ހިމެނޭގޮތަށް 500 އާއި 750 މިލިއަން ޑޮލަރު އިންވެސްޓްކުރަން ރޭވިފައިވާކަމަށް ސަރުކާރުން ބުނެއެވެ. މީގެ ތެރޭގައި 17 ރިސޯޓެއް ތަރައްޤިކުރުމާއި، މެރީނާއެއް ހެދުމާއި، އަދި ހެލިޕެޑެއް އެޅުން ހިމެނެއެވެ.

12 ފަޅުރަށެއް މިމަޝްރޫއު ދަށުން ތަރައްޤީކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ވަނީ ތިނަދޫގައި އެއަޕޯޓެއް އެޅުމަށް ބޭރުބަޔަކާއި ޙަވާލުކޮށްފައެވެ. އަދި އައްޑޫ އެއަރޕޯޓުގައި ވެސް އަންނަނީ ބޮޑު އިންވެސްޓެއް ކުރަމުންނެވެ.

ތިނަދޫ އެއަރޕޯޓް ތަރައްޤީކުރަން ޙަވާލުކުރި ކުންފުނީގެ ޤާބިލްކަމާއިމެދު ސުވާލު އުފެދި އަލުން އިވެލުއޭޓްކުރެވެމުން ދާކަމަށް ސަރުކާރުން ބުނެއެވެ.

ޓެގްސް: ހުވަދޫ ޑޮމެސްޓިކް އެއަރޕޯޓްތައް ބޭރުގެ އިންސްޓްމެންޓްތައް ދިވެހިރާއްޖޭގެ ރިސޯޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.