ކޮންޓަން ކެންޑީ، ކުޑަކުދިންނާއި ޒުވާނުންގެ މެދުފައި މަޤްބޫލު މެޓާގެ ބާތަވެއް، ރޮޑަމައިން-ބީ ކިޔާ ކެމިކަލެއް...

ހަބަރު

ކެންސަރަށް ފަހިވާތީ އިންޑިއާއިން ކޮޓަން ކެންޑީ މަނާކުރަން ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 ފެބުރުއަރީ 2024 , ހުކުރު 09:36   503

އިންޑީއާ ސަރުކާރުން ކުރި ތަޙްލީލުތަކަށްފަހު، ކެންސަރަށް ފަހިވާކަމަށް ނިންމައި އެޤައުމުގައި ކޮޓަން ކެންޑީ ވިއްކުން މަނާކުރަން ނިންމައިފިއެވެ.

އިންޑީއާއިން އައީ މިދިޔަ އަހަރުން ފެށިގެން ވެސް ބައެއް ސްޓޭޓްތަކުގައި ކޮޓަން ކެންޑީ މަނާކުރަމުންނެވެ.

ކޮޓަން ކެންޑީ އަކީ ޢާއްމުކޮށް އެކި ކަހަމަ މުނާސަބަތުތަކުގައި ތައްޔާރުކުރާ، ކަފަ ކަހަލަގޮތަކަށް ހުންނަ މެޓާގެ ވައްތަރެކެވެ. މިއީ ދިވެހިރާއްޖޭގައި ވެސް އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުޑަކުދިންނާއި ޒުވާނުންގެ މެދުވެސް މަޤްބޫލު ފޮނި ކެއުމެކެވެ.

އިންޑިއާ ސަރުކާރުން ހެދި ތަޙްލީލުތަކުން ކޮޓަން ކެންޑީ އިން 'ކާސިނޯޖެން ރޮޑަމައިން-ބީ' ކިޔާ ކެމިކަލް މާއްދާއެއް ފެނިފައިވެއެވެ. މިއީ ކެންސަރަށް މަގުފަހިކުރާ ކެމިކަލެކެވެ. މިއީ ކޮޓަން ގޮތަށް ބަދަލުކޮށްލުމަށް ބޭނުންކުރާ މާއްދާއެކެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ކާބޯތަކެތީގައި ކެމިކަލް ބޭނުންކުރުން ހުއްޓުވަން އަންނަނީ މަސައްކަތްކުރަމުންނެވެ. މިފަދަ ކެމިކަލްތަކުން މޭގެ ކެންސަރަށް ވަރަށް ބޮޑަށް ފަހިވާކަމަށް ތަޙްލީލުތަކުން ކަށަވަރުކުރެވިފައިވެއެވެ.

އިންޑީއާ އެންމެ ފުރަތަމަ ކޮޓަން ކެންޑީ މަނާކޮށްފައިވަނީ ޓެމިލްނާޑޫ ސްޓޭޓުގައެވެ. މިހާރު ދިއްލީ އާއި އެހެން ސަރަޙައްދުތަކުގައި ވެސް ކޮޓަން ކެންޑީ ވިއްކުން މަނާކުރަން އެޤައުމުގެ ސަރުކާރުން އަންނަނީ ތައްޔާތުވަމުންނެވެ.

ދިވެހިރާއްޖޭގައި ވެސް ކޮޓަންކެންޑީ ކުޑަކުދިންގެ ހަވީރުތަކުގައި އާއި ގިނަ އިވެންޓްތަކުގައި ވިއްކައެވެ. މިކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ކަމާއިގުޅޭ އިދާރާ ކަމަށްވާ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިހާތަނަށް އެއްޗެއް ބުނެފައިނުވެއެވެ.

ޓެގްސް: ސިއްޙަތު ކެންސަރު އިންޑިއާ އެފްޑީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.