ރައީސް މުޢިއްޒު ރޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ހަބަރު

ރައީސް ވިދާޅުވީ ވަޢުދުތަކުގެ 80 އިންސައްތަ ޙާޞިލްކުރެވިފައިވާކަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 ފެބުރުއަރީ 2024 , ހޮނިހިރު 11:14   317

ހަފްތާރެސް [14 ހަފްތާގެ] ވަޢުދުތަކުގެ 80 އިންސައްތަ ޙާޞިލްކުރެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ރޭ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ހަފްތާރެސްގައި ހިމެނޭ 161 ވަޢުދުގެ ތެރެއިން 150 ވަޢުދުގެ 100 އިންސަތަ ފުއްދާދެވިފައިވާކަމަށެވެ. އެހެންކަމުން 80 އިންސަތަ ވަޢުދުތައް ފުއްދާދެވިފައިވާކަމަށެެވެ.

ރައީސް އިތުރަށް ވިދާޅުވީ އިޤްތިޞާދު ހަރުދަނާކޮށް ފުޅާކޮށް، ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމާއި، ޕަރފޯމިންގ އާރޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ވިލެޖެއް ނުވަތަ ސެންޓަރެއް ޤާއިމުކުރުމާއި، މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭންއެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ ކަންކަން ކުރެއްވުމުގެ މަސައްކަތްކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޑްރިފްޓިންގ ސްޓޭޑިއަމްއެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް އެންމެ ލަސްވެގެން އަންނަ އަހަރު ހަދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އާންމުން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.

ޓެގްސް: ޑރ. މުއިއްޒު ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.