ރައީސް މުޢިއްޒު ހއ އަތޮޅުގައި، ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ސަރަޙައްދެއްގައި ހިންގޭނެ އެންމެ ބިޔަ އިޤްތިޞޯދީ މަސައްކަތްކަމަށް

ހަބަރު

އެތައްހާސް ވަޒީފާއަށް އަމާޒުކޮށް ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެން، ރާއްޖޭގެ އުތުރުގައި ސިނާޢީ ސަރަޙައްދެއް ޤައިމްކުރާނަން - ރައީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ފެބުރުއަރީ 2024 , އާދީއްތަ 09:41   850

"މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" ނަމުގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިޤްތިޞާދީ އެންމެ ބޮޑު މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅުގައެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ބޮޑުތިލަދުންމައްޗަށް އެމަނިކުފާނާއި ސަރުކާރުގެ ބޮޑު ތަޞައްވުރެއް އެބައޮތް...މި މަޝްރޫޢު ވެގެންދާނީ، މުޅި ރާއްޖޭގައިވެސް ހިންގޭ އިޤްތިޞާދީ އެންމެ ބިޔަ، ބޮޑު މަސައްކަތައް... މިއީ ހޯރަފުއްޓެކޭ އެއްގޮތަށް، ސަރަޙައްދުގެ ހުރިހާ ރަށްތަކަށް އޭގެ ބޮޑު މަންފާއެއް ލިބޭނެ މަސައްކަތަކަށް ވާނެ... މިމަޝްރޫޢު ހިންގާނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެން" ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަޝްރޫޢު ވެގެންދާނީ ރާއްޖެ މިހާރު އޮތް އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް ވަރަށް މުހިންމު ޕްރޮޖެކްޓަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އާމްދަނީ އިތުރުވެ އަދި މި ސަރަޙައްދުގައި އެތައް ހާސް ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު 10 ކުންފުނިން ކުންފުންޏަކާ، އިހަވަންދިއްޕޮޅުގެ ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތްތައް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަވާލުކޮށް ފެށޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި ތެޔޮ ފޯރުކޮށްދޭ ބަންކަރިންގެ ޚިދުމަތް ދިނުން ޖުލައި މަހުގެ ތެރޭގައި ފެށުމަކީ ސަރުކާރުގެ ޢަމާޒުކަމަށް އިކޮނޮމިކް މިނިސްޓަރ ސަޢީދު ވަނީ ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމަށް 2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޓެގްސް: ތަރައްޤީގެ މަސައްކަތްތައް ޕަބްލިކް ކުންފުނި ބަންކަރިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.