ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓު ކުޑަކުދިންތަކެއް ސާފްކުރަނީ

ހަބަރު

ޓޫރިސްޓުންގެ ގެންދާ ސާފްބޯޑްތަކުން ނަގާ ސާރޗާޖްތައް މޯލްޑީވިއަނުން ކުޑަކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ފެބުރުއަރީ 2024 , އާދީއްތަ 22:26   294

ރާއްޖެއަށް ސާފްކުރުމަށް އަންނަ ޓޫރިސްޓުން ގެންނަ ސާފްބޯޑްތަކުން [ކަނދުތަކުން] ނަގަމުން އައި ސާޗާޖްތައް، ޤައުމީ އެއަރލައިން މޯލްޑިވިއަނުން ކުޑަކޮށްފިއެވެ.

މޯލްޑީވިއަނުން މިބަދަލު ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުން ސާފްބޯޑްތައް އުފުލުމުގައި ނަގާފީ ބޮޑުކަމުގެ ޝަކުވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގދ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައި، އުފުލުމާއިގުޅިގެންނެވެ. ގދ. ގައްދޫ އަށް ރައީސް ވަޑައިގަތުމުން، މީހަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ.

ރާއްޖެއަކީ ނިސްބަތުން ގިނަ ޢަދަދެއްގެ ސާފަރުން ޒިޔާރަތްކުރާ މަންޒިލެކެވެ. އަދި ފަހަކަށް އައިސް ހުވަދު އަތޮޅަށް ގިނަ ޢަދަދަކަށް ސާފަރުން ދާއިރު، ސާފްބޯޑްތައް ގެންދިއުމުގައި ގިނަ ތަކްލީފްތަކެއް އުފުލަންޖެހެއެވެ.

މިކަމާއި ގުޅިގެން މީގެކުރިން މޯލްޑިވިއަނުން ބުނެފައިވަނީ، ސާފް ބޯޑްތަކަކީ ޖާގަ ނަގާ އެއްޗަކަށް ވެފައި، އެހާވަރަށް ފްލައިޓްތަކުގައި ޖާގަ ނުހުންނަކަމަށާއި އޭގެ ސަބަބުން އެހެން ޕަސިންރުންގެ ކާގޯ އުފުލުމުގައި ބުރޫއަރާކަމަށެވެ.

މޯލްޑިވިއަނުން މިއަދު ބުނެފައިވަނީ ބޮޑެތި ސާފް ބޯޑްތަކުން 33 އިންސައްތަ އަދި ކުޑަ ސާފް ބޯޑަކުން 66 އިންސައްތަ ކުޑަކޮށްފައިވާކަމަށެވެ.

ޓެގްސް: މޯލްޑިވިއަން ޑޮމެސްޓިކް އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.