އެމްޑީޕީ އިން މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފޮޓޯއަކަށް ހުއްޓިގެން. ޖުމްލަ 80 ކެންޑިޑޭޓަކު...

ހަބަރު

އެމްޑީޕީ، މަސްޖިލް ކެމްޕޭން ފެށުން މިރޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ފެބުރުއަރީ 2024 , ހޯމަ 08:29   356

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީ) އިން ރައްރިތުންގެ މަޖިލީހުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަމަށް އެޕާޓީއިން ބުނެފިއެވެ.

ކެމްޕޭން ލޯންޗްކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ މިރޭ 8 ޖަހާއިރު އާޓިފިޝަލް ބީޗުގައެވެ.

މި ޖަލްސާގައި އެ ޕާޓީ ކެންޕޭން ސްލޯގަން [ޝިޢާރު] އަދި ލޯގޯ އިފްތިތާޙްކުރުން އޮންނާނެއެވެ. މި ޖަލްސާގައި މި ވަޤުތު ތިބި އެޕާޓީއަށް ނިސްބަތްވާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނެކަމަށް ވެސް އެޕާޓީއިން ބުނެއެވެ. އެއަށްފަހު މުޅި ރާއްޖޭގައި ކެމްޕޭންގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 381 ކެންޑިޑޭޓުން ފޯމް ހުށަހަޅުއްވާފައިވާއިރު، އޭގެތެރެއިން 89 ދާއިރާއަށް އެމްޑީޕީއިން ކެންޑިޑޭޓުން ތަމްޞީލްކުރާނެއެވެ. މީގެ ތެރެއިން އަންހެން ކެންޑިޑޭޓުންގެ ގޮތުގައި ހިމެނެނީ ހަތަރު އަންހެނުންނެވެ. މި ކެންޑިޑޭޓުން ހޮވުމަށް އެޕާޓީން ވަނީ ޕްރައިމަރީއެއްވެސް ބާއްވާފައެވެ.

ވެރިކަން ކުރާ ޕާޓީ ޕީއިންސީ އިން ވެސް 4 ދާއިރާއެއް ފިޔަވާއެހެން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ކުރިމަތިލާއިރު އަންހެން ކެންޑިޑޭޓުންގެ ގޮތުގައި ހިމެނެނީ އެންމެ 2 ކެންޑިޑޭޓެކެވެ.

އިދިކޮޅު ޑިމޮކްރެޓުން ވެސް 41 ދާއިރާއަކަށް ވާދަކުރެއެވެ.

މިފަހަރުގެ އިންތިޚާބުގައި ގިނަ ޢަދަދަކަށް އަމިއްލަ ކެންޑިޑޭޓުން ވެސް ވާދަކުރެއެވެ.

ޓެގްސް: އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.