ބާޒާރުމަތީ ފިހާރައެއްގައި ޕިކަޕަކުން މުދާ ބާލަނީ

ހަބަރު

ރާއްޖެއިން ބޭރުކުރި މުދާ 31 އިންސައްތަ މަދުވެ، އެތެރެކުރި މިންވަރު 31 އިންސައްތަ އިތުރުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ފެބުރުއަރީ 2024 , ހޯމަ 10:38   317

ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާ ބަލާއިރު، 31 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއަށް މިދިޔަ އަހަރު ޖެނުއަރީ މަހު އެތެރެކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރު މިޢަދަދު ވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން މިމުއްދަތުގައި ދައުލަތުގެ ޢާމްދަނީވެސް ވަނީ 7 އިންސައްތަ އިތުރުވެފައެވެ. ޖެނުއަރީ މަހު 373 މިލިއަން ރުފިޔާ ޢާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައި މުދާ އެތެރެކުރަމުން އަންނަނީ ދުބާޢީއިންނެވެ. ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ މުދާ ޖެނުއަރީމަހު ރާއްޖެ އެތެރެކޮށްފައިވެއެވެ. އަދި އޮމާނާއި، އިންޑިއާ އަދި ޗައިނާ، އަދި ސިންގަޕޫރުން ވެސް ގިނަ ޢަދަދަކަށް މުދާ އެތެރެކޮށްފައިވެއެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ޢަދަދު މަތިވި ނަމަވެސް ބޭރުކުރި މުދާ ވަނީ 31 އިންސައްތަ ދަށްވެފައެވެ. މިދިއަޔަ އަހަރު ޖެނުއަރީ މަހު 251 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިއަހަރު ބޭރުކޮށްފައިވަނީ 173 މިލިއަން ރުފިޔާގެ މުދަލެވެ.

ޓެގްސް: މުދާ އެތެރެކުރުން މުދާ ބޭރުކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.