އިންޑިއާ ސަފީރު ރައީސް މުޢިއްޒު އާޢިއެކު ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

އިންޑިއާގެ ހެލިކޮޕްޓަރ ބަދަލުކޮށް، ސިވީލިއަނުން ހެލިކޮޕްޓަރު ދުއްވަން ޙަވާލުވުމަށް އައްޑޫއަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 ފެބުރުއަރީ 2024 , އަންގާރަ 08:26   307

އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމުގެ މަސައްކަތުގެ ތެރެއިން، ސިވީލިއަނުން [ޢާއްމު މީހުން] ރާއްޖެ އަންނަން ފަށައިފިއެވެ.

މިގޮތުން އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތިން ވައިގެ އުޅަނދު ދުއްވަން ތިބޭނެ އެ ގައުމުގެ ސިވިލިއަނުންގެ އެއް ގުރޫޕް މިއަދު ރާއްޖެ އައިސްފައިވެއެވެ. ހަމައެހެންމެ، އިންޑިއާ އިން ވަނީ ރާއްޖޭގައި އޮތް ހެލިކޮޕްޓަރު ވެސް މަރާމާތަށް އެނބުރި އެޤައުމަށް ގެންދިއުމަށް ނިންމައި، އެހެން ހެލިކޮޕްޓަރެއް ރާއްޖެ ގެނައުމަށް މަނަވަރެއް އަންނަނީ ރާއްޖެއާއި ދިމާލަށް ދަތުރުކުރަމުންނެވެ. އަދި ބުދަ ދުވަހު ރާއްޖެ އާއި ހަމައަށް މަނަވަރު ފޯރާނެކަމަށް ބެލެވެއެވެ.

ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް އަނބުރާ އެޤައުމަށް ފޮނުވާލާނެކަމުގެ ވަޢުދާއިއެކުއެވެ.

މިހާތަނަށް އިންޑިއާ ސަރުކާރާއިއެކު، ކުރެވިފައިވާ މަޝްވަރާތަކަށްފަހު އިންޑިއާ އިން ވަނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެއްބަސްވެފައެވެ.

މަޢްލޫމާތު މިބޭގޮތުގައި މިހާރު މިހާރު ސިވީލިއަނުން ވަނީ އައްޑޫ އާއި ހަމައަށް ދަތުރުކޮށްފައެވެ. އަދި މިއަދުގެ ވަޤުތެއްގައި އޮޕަރޭޝަންތަކާއި ޙަވާލުވާނެއެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނެފައިވަނީ، ޓެސްޓް ފްލައިޓްތައް މާދަމާ އޮންނާނެކަމަށާއި، ކަނޑައެޅިފައިވާ ތާރީޚަށް އިންޑިއާ ސިފައިން ފޮނުވައި ނިންމާ ލެވޭނެކަމަށެވެ.

އައްޑޫގެ އިތުރުން، ލ.ކައްދޫ އާއި ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިންގެ ފައުޖުތައް ޙަރަކާތްތެރިވެއެވެ.

ޓެގްސް: އިންޑިއާ-ރާއްޖެ ގުޅުން އިންޑިއާ ސިފައިން އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.