ޔާމީން އުފައްދަވާ ޕާޓީ އަށް މެމްބަރުން ހަމަކުރުމަށް ލިބުނު މުއްދަތު ހަމަވާން ދެދުވަހަށް...

ހަބަރު

ޕީއެންއެފް އުފައްދަން 3،000 ފޯމް ހުށަހަޅައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 ފެބުރުއަރީ 2024 , އަންގާރަ 22:38   331

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ޕާޓީ އަށް މެމްބަރުން ހަމަކުރުމަށް ލިބުނު މުއްދަތު ހަމަވާން ދެދުވަހަށް ވެފައިވަނިކޮށް، 3،000 ފޯމާއިއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

މިހާރުގެ ސަރުކާރާއި، ޚިޔާލުތަފާތުވުންތައް އުފެދި، ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކަމިޝަނަަށް ހުށަހަޅުއްވާފައިވަނީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީންއެވެ.

ޕާޓީ އުފެއްދުމަށް އިލެކްޝަންސް އިން ދީފައިވާ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ޕާޓީގެ ލީޑަރޝިޕުން އެއްބަސްވެފައި ނުވިނަމަވެސް، ފޯމްތައް ނުހުށަހެޅި ދިގުލައިގެން ދިޔައީ އެ ސަބަބާއިހުރެ ކަމަށް ބެލެވެއެވެ. ނަމަވެސް، ޕާޓީގެ އިސް ލީޑަރުން ބުނަމުން ގޮސްފައިވަނީ، ލަސްކުރަނީ ރައީސް ޔާމީން މިނިވަންދެން ކަމަށެވެ.

ރައީސް ޔާމީން ވަނީ ޑިސެމްބަރު 10 ވަނަ ދުވަހު އޮތް ޖަލްސާއެއްގައި އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.

ޓެގްސް: ރައީސް ޔާމީން ޕީއެންއެފް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.