އިކޮނޮމިކް މިނިސްޓަރ ސަޢީދު

ހަބަރު

އެމެރިކާ އާއި އިނގިރޭސިވިލާތާއި ވިޔަފާރި ގުޅުން ބަދަހިކުރަން ސަރުކާރުން ވަފުދުތަކެއް ފޮނުވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 ފެބުރުއަރީ 2024 , ބުދަ 08:46   299

އެމެރިކާ އާއި އިނގިރޭސިވިލާތާއި ވިޔަފާރި ގުޅުން ބަދަހިކުރަން ސަރުކާރުން ވަފުދުތަކެއް ފޮނުވަން ރާވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ ފަރާތުން ވިޔަފާރި ވަފްދެއް މި އަހަރުގެ ޖުލައިމަހު އެމެރިކާއަށް ދިއުމަށް ރާވާފައިވާކަމަށެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ށ. މިލަންދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިފަދަ ވާހަކަތަކެއް ތަކުރާރުކުރައްވާފައެވެ.

ސަރުކާރުން އިތުރަށް ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ލަންޑަނަށް ވެސް މިދަފަ ވަފްދުތައް ފޮނުވަން ރޭވިފައިވާކަމަށެވެ. މިއީ މިފަދަ ވަފްދުތަކެއް މި ޤައުމުތަކަށް ފޮނުވޭ ފުރަތަމަ ފަހަރުކަމަށް ވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ސަރުކާރުން އަންނަނީ މިދަނޑިވަޅުގައި ތުރުކީ ވިލާތާއިއެކު ވެސް 35 ބާވަތެއް ހިމެނޭގޮތަށް، މިނިވަންވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. އަދި ޔޫއޭއީ އާއި އެހެން ބައެއް ޤައުމުތަކާއި ވެސް ވިޔަފާރިގުޅުން އުފެއްދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި، ރާއްޖެއިން އެއްޤައުމަކަށް ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހޯދަން ބަރޯސާވާ މިންވަރު ކުޑަކުރަން ވަޢުދުވެޑައިގެންފައިވެއެވެ.

ޓެގްސް: އެމެރިކާ-ރާއްޖެ ގުޅުން ވިޔަފާރީގެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.