އީލަން މަސްކް، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އޯޕަން އޭއައި އަކީ އެންމެ ފުރަތަމަ އޭނާ އުފެއްދި ކުންފުންޏެއް

ހަބަރު

ޗެޓްޖީޕީޓީ-4 ޑިޒައިން ސިއްރުކުރުމާއިގުޅިގެން އޯޕަންއޭއައިގެ މައްޗަށް އީލަން މަސްކް ދަޢްވާކޮށްފި

ދާނިޝް - އެމެރިކާ | 2 މާރޗް 2024 , ހޮނިހިރު 10:38   429

އޯޕަންއޭއައި އާއި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ސޭމް އޮލްޓްމަންގެ މައްޗަށް އީލޮން މަސްކް ދައުވާކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ދައުވާ ކުރަނީ މައިކްރޮސޮފްޓާއެކު އެތައް ބިލިއަން ޑޮލަރެއްގެ އެއްބަސްވުން ހެދިއިރު، އިންސާނިއްޔަތަށް ފައިދާވާ ގޮތަށް މަސައްކަތް ކުރުމުގެ އަސްލު ވައުދާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސެން ފްރެންސިސްކޯގައި މަސްކް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އޮލްޓްމަން އާއި އޯޕަންއޭއައިގެ ކޯ ފައުންޑަރ ގްރެގް ބްރޮކްމަން އެންމެ ފުރަތަމަ ވައުދުވީ އޯޕަން ސޯސް، ނޮން ޕްރޮފިޓް ކުންފުންޏަކަށް ހެދުމަށް ކަމަށާއި އެ ކުންފުނިން ފައިދާ ހޯދުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށެވެ.

މަސްކްގެ ވަކީލުން ވިދާޅުވި ގޮތުގައި އެ ކުންފުނިން ވަނީ އެ ކުންފުނީގެ އެންމެ ޒަމާނީ އޭއައި މޮޑެލް ކަމަށްވާ ޖީޕީޓީ-4 ގެ ޑިޒައިން "މުޅިން ސިއްރު" ކޮށްފަ އެވެ.

މަސްކް 2015 ވަނަ އަހަރު އޯޕަންއޭއައި އުފެއްދި ނަމަވެސް 2018 ވަނަ އަހަރު އެ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވި އެވެ.

މިހާރު އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ޓެސްލާ އާއި ރޮކެޓް އުފައްދާ ސްޕޭސް އެކްސް ވެސް ހިންގަމުން އަންނަ އިރު، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަނީ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެފަ އެވެ.

ހަމައެހެންމެ މިދިޔަ އަހަރު އޯޕަންއޭއައި ގެ އޭރުގެ ބޯޑުން ވިޔަފާރިވެރިޔާ އޮލްޓްމަން މަގާމުން ވަކި ކުރިއިރު، އިންސާނިއްޔަތަށް ފައިދާވާ ގޮތަށް އޭއައި އުފެއްދުމުގެ އެ ކުންފުނީގެ މިޝަން ދިފާއު ކުރަން މަސައްކަތް ކުރާ ކަމަށް އޭރު އެކުންފުނިން ވަނީ ބުނެފައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އޮލްޓްމަން އެނބުރި ކުންފުންޏަށް އައީ އާ އިނިޝިއަލް ބޯޑަކާ އެކު އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޯޕަންއޭއައިގެ ބޯޑަށް އާ މެމްބަރުންތަކެއް އަންނަ މާޗު މަހު އައްޔަން ކުރަން ވަނީ ނިންމައިފަ އެވެ.

އޯޕަންއޭއައިގެ ޗެޓްބޮޓް، ޗެޓްޖީޕީޓީ އަކީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފްކުރިތާ ހަ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސޮފްޓްވެއާ އެޕްލިކޭޝަނެވެ.

މީގެ އިތުރުން މައިކްރޮސޮފްޓާއި އަލްފަބެޓްގެ ވާދަވެރި ޗެޓްބޮޓްތައް ތައާރަފްކުރުމާއި އެތައް ބިލިއަން ފަންޑިންއެއް ހޯދުމުގެ ގޮތުން ހައިޕް ޓެޕްކުރި ސްޓާޓްއަޕްތައް ވެސް ވަނީ އޭއައި ތެރެއަށް ވަންނަން މަސައްކަތް ފަށައިފަ އެވެ.

ޓެގްސް: އީލާން މަސްކް އޭއައި އެމްއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.