ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް ފައްޔާޒް އިސްމާޢިލް

ހަބަރު

އެމްޑީޕީ އިން ފައިސާ ޚަރަދުކުރިގޮތް ހާމަކުރަންޖެހޭކަމަށް ހައިކޯޓުން ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 މާރޗް 2024 , ހޮނިހިރު 11:11   456

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ ޚަރަދުކުރިގޮތް ހާމަކުރަންޖެހޭކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.

ހައިކޯޓުން މިގޮތަށް ނިންމެވީ، މަޢްލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރުދަކު ހުށަހެޅި މައްސަލައަކާއި ގުޅިގެން، އިންފޮމޭޝަން ކަމިޝަނަރ ގެ އޮފީސް (އައިކޮމް) އިން، އެމްޑީޕީ އިން ފައިސާ ޚަރަކުރިގޮތް ޢާއްމުކުރަންޖެހޭނެކަމަށް ކަނޑައެޅުމާއިއެކު، އެމްޑީޕީ އިން އެމައްސަލަ ހައިކޯޓުގައި އިސްތިޢްނާފްކުރުމާއި ގުޅިގެންނެވެ.

މަޢްލޫމާތު ހޯދުމަށް ހުށަހެޅި އަމިއްލަ ފަރާތުން ވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއިއެކު ހެދުނު އެއްބަސްވުމާއި، ޕާޓީތަކާއިއެކު ކޯލީޝަން ހެދުމުގައި އުސޫލެއް ގެންގުޅޭނަމަ އެ އުސޫލްގެ ކޮޕީއެއް ވެސް ހޯދަން އެދިފައެވެ.

ހައިކޯޓުގެ ނިންމުމުގައި ވަނީ އެމްޑީޕީ އިން މައްސަލަ ހުށަހެޅުއްވިއިރު ޤާނޫނީ ނައްސެއް [ސަބަބެއް/ހެއްކެއް] ހުށަހަޅާފައި ނުވާކަމަށެވެ. ހަމައެކަނި "ހާމަކުރަން ނުޖެހޭކަމަށް" ބުނުން ފިޔަވައި އިތުރު ތަފްޞީލެއް ބަޔާންކޮށްފައި ނެތްކަމަށެވެ.

މަޢްލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ބުނާގޮތުން، ކޮންމެ ފަރުދަކަށް ވެސް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް ފަރުދެއްގެ ޒާތީ މަޢްލޫމާތު ފިޔަވައި އެހެން ހުރިހައި މަޢްލޫމާތެއް އެދިއްޖެ ޙާލަތެއްގައި، ކަނޑައެޅިފައިވާ މުއްދަތުތަކެއްގައި ފޯރުކޮށްދޭންޖެހެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން 10،000 އަށް ވުރެ މެމްބަރުން ގިނަ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން، މެމްބަރުން ނިސްބަތަށް ބަލައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެމްޑީޕީ އަށް މިދިޔަ އަހަރު އެކަނިވެސް 15 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޫކޮށްފައިވާއިރު، އެމްޑީޕީ އިން ދައުލަތުގެ އެކިއެކި އިދާރާތަކަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ދަރަނިވެސް އެބަހުއްޓެވެ. މީގެ ތެރޭގައި މޯލްޑިވިއަން އަށް ދޭންޖެހޭ ފައިސާ ވެސް ހިމެނެއެވެ.

ޓެގްސް: އެމްޑީޕީ އާރުޓީއައި/މަޢްލޫމާތު ހޯދުން ހައިކޯޓް އައިކޮމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.