އެމްސްޕޯޓްގެ ފަރިތަކުރުންތަކުގައި ޙަރަކާތްތެރިވާ އައްޑޫގެ ބައެއް ބެޑްމިބްޓަން ކުޅުންތެރިންނާއިއެކު ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

އެމްސްޕޯޓްސް ރީ ބްރޭންޑްކުރުމުގެ ޙަރަކާތެއް އައްޑޫގައި ބާއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 4 މާރޗް 2024 , ހޯމަ 12:59   652

އެމްސްޕޯޓްސް ރީ ބްރޭންޑްކުރުމުގެ ޙަރަކާތެއް އައްޑޫގައި ބާއްވައިފިއެވެ.

މި ޙަރަކާތް ބާއްވާފައިވަނީ ފޭދޫ ސްކޫލްގައެވެ. މި ޙަރަކާތުގެ ތެރެއިން އައްޑޫގައި ފަރިތަކުރުންތަކުގައި ބައިވެރިވާ 100 އަށްވުރެ ގިނަ ބެޑްމިންޓަން ކުޅުންތެރެިންނަށް ޖޯޒީ ޙަވާލުކުރުން އޮތެވެ. އަދި އެމްސްޕޯޓްސް އާއި ގުޅޭ ޕްރެޒެންޓޭޝަނެއް އަރުވައި، އެ އެކަޑަމީގެ ކާމީބީތަކުގެ މަޢްލޫމާތު ޙިއްޞާކޮށްފައިވެއެވެ.

އެމްސްޕޯޓްސްގެ ފަރާތުން އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން މުޙައްމަދު ޢައްފާން ވިދާޅުވީ، މާލެ އާއި އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް އެމްސްޕޯޓްސް އިން ގިނަ ޢަދަދެއްގެ ބެޑްމިންޓަން ކުޅުންތެރިން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މާލޭގެ ބިލަބޮންގ ސްކޫލުން ވެސް ތަމްރީންތައް ކުރިއަށް ގެންދަނީ އެމްސްޕޯޓްސް އާއި ގުޅުގެންނެވެ.

އަދި އެ އެކަޑަމީ އިން އަންނަނީ ރާއްޖެއިން ބޭރަށް ވެސް ތަމްރީންތަކުގައި ބެޑްމިންޓަން ކުޅުންތެރިން ފޮނުވަމުންނެވެ. މި ގޮތުން، މިދިޔަ އަހަރު މެލޭޝިއާގައި ހުންނަ، އޭޝިއާ ބެޑްމިންޓަން އެކެޑެމީ އާއި ގުޅިގެން ތަމްރީންތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަހަރު އިންޑިއާގެ ކޭއެފްޖީ އެކެޑެމީ އާއިގުޅިގެން ވެސް ތަމްރީންތަކުގައި ދަރިވަރުން ފޮނުވުމަށް ރޭވިފައިވާކަމަށް އެ އެކެޑެމީ އިން މަޢްލޫމާތު ދެއްވާފައިވެއެވެ.

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ބެޑްމިންޓަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.