ރައްޔިތުންގެ މަޖްލިސް، މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ވެސް އަދި ނައިބު ރައީސް ވެސް ވަޑައިނުގަނޭ

ހަބަރު

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 މާރޗް 2024 , އަންގާރަ 11:21   55

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

މިއަދުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ވެސް އަދި ނައިބު ރައީސް ވެސް ވަޑައިނުގަނެއެވެ. ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ.

ޖަލްސާއަށް އެންމެ 11 މެމްބަރުން ވަޑައިގެންނެވިއިރު، މަޖިލީހުގެ ކޯރަމްއަކީ 22 އެވެ.

ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި، ހުށައަޅާފައިވާ ޤަރާރަށް ބަހުސްކުރުމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރުން ހިމެނެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.