ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީ މޭޔަރާއި ގަން އެއަރޕޯޓުން ސަލާންކުރައްވަނީ

ހަބަރު

އެލްޖީއޭ އިން ކައުންސިލްތަކަށް ދަތިކުރަން ތާޢީދުނުކުރައްވާކަމަށް ރައީސް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 މާރޗް 2024 , ބުދަ 10:27   372

ކައުންސިލްތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ ކުންފުނި (އެލްޖީއޭ) އިން ކައުންސިލްތަކަށް ދަތިކުރަން ތާޢީދުނުކުރައްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގައި ކެމްޕޭންކުރައްވާކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން މަޔާނެއް ނެރުމާއި ގުޅިގެން އެބަޔާން ބާޠިލްކުރަން އެލްޖީއޭ އިން އަންގާފައިވަނިކޮށެވެ. އެލްޖީއޭ އިން އެބަޔާންކުށްވެރިކޮށް ބުނެފައިވަނީ އެބަޔާނުން ރައީސްގެ ކަރާމާތް ގެއްލިގެންދާކަމަށެވެ.

ދ. މީދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކަށް ދަތިކުރުން ނޫންކަމަށާއި، ކައުންސިލްތައް ބާރުވެރިވުންކަމަށެވެ.

"އެއްގޮތަކަށް ވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅައި ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން" ރައީސް ވިދާޅުވިއެވެ.

އެލްޖީއޭގެ ބަޔާނާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަންކުށްވެރިކޮށްފައެވެ.

އެލްޖީއޭގެ ބޯޑުގެ ރައީސް އަކީ މިނިސްޓަރު އާދަމް ޝަރީފްއެވެ. އަދި ސީއީއޯ ޑރ. މަރިޔަމް ޒުލްފާ އަކީ ވެސް ރައީސް އައްޔަންކުރައްވާ ފަރާތެކެވެ.

ޓެގްސް: އެލްޖީއޭ ލޯކައުންސިލްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.