ޗަމްޕާ މުޙައްމަދު މޫސާ އާއި ރައީސް މުޢިއްޒު، އެލްޖީއޭ މެދުވެރިކޮށް މިފަހަރު ރަށްރަށް ވެސް ފޮނުވުމަށް ހަމަޖެހިފައިވޭ...

ހަބަރު

ޗަމްޕާއިން ރޯދައަށް 50 ޓަނުކަރާ އަދި 50 ހާސްކާށި ބަހަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 މާރޗް 2024 , ބުދަ 15:05   1009

ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (ޗާމްޕާ) ގެ ކުންފުނިން ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް 50،000 ކާއްޓާއި، 50 ޓަނު ކަރާ، އަދި 10 ޓަނު ފިޔާ ހަދިޔާގެ ގޮތުގައި ބަހަން ނިންމައިފިއެވެ.

މިތަކެތި ލޯކަލް ގަވަރމެންޓް އޮތޯރީ (އެލްޖީއޭ) އާއި ޙަވާލުކުރުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ. މިގޮތުން މިއަދު ފިޔާ ޙަވާލުކުރަން ނިންމާފައިވާއިރު، ކަރާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ 2 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ވެސް ސިޓީ ކައުންސިލް މެދުވެރިކޮށް އެކުންފުނިން ވަނީ ރޯދަމަހާއި ދިމާކޮށް ކާބޯތަކެތި ބަހާފައެވެ. މިދިޔަ އަހަރު ބަހާފައިވަނީ ކޮންމެ މީހަކު އައިޑީކާޑު ހިފައިގެން ދިއުމުން ކަރައަކާއި 5 ކާށީގެ ރޭޓުންނެވެ.

އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ރަށްރަށަށް ވެސް މިތަކެތި ފޮނުވާނެއެވެ.

ޓެގްސް: ހަދިޔާބެހުން ޗަމްޕާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.