އ.ދ. ޖެނެލް އެސެމްބްލީ ބައްދަލުވުުގެ ތެރެއިން

ހަބަރު

އިޒްރޭލަށް ހަތިޔާރު ވިއްކުމާއި ދެކޮޅަށް އ.ދ. ގައި ރާއްޖެއިން އަޑުއުފުލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 މާރޗް 2024 , ބުރާސްފަތި 08:12   225

އިޒްރޭލަށް ހަތިޔާރު ވިއްކުމާއި ދެކޮޅަށް އ.ދ. ގައި ރާއްޖެއިން ގޮވާލައި އަޑުއުފުލައިފިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ގޮވާލެއްވީ އިޒްލޭރުން ފަލަސްޠީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަޤުތުން ހުއްޓާލުމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު މިދިޔަ މަހުގެ 20ގައި ވީޓޯ ކޮށްފައެވެ. އޭގެ ސަބަބުން އިޒްރޭލަށް ހަނގުރާމަ އާއިގެން އިތުރަށް ކުރިއަށްދިއުމަށް ހިތްވަރު ލިބިފައިވާކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ މިދިޔަ ބުރާސްފަތި ދުވަހު، ޣައްޒާގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި މީހުންނަށް އިސްރާއީލުން ދިން ހަމަލާތައް ވެސް ނަސީރު ވަނީ ކުށްވެރިކުރައްވާފައެވެ.

އިޒްރޭލުން ގައްޒާ އަށް ޙަމަލާދެމުންދާތާ 5 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް 30،000 މީހުން މަރުވެ 70،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން ހަނގުރާމަ އ.ދ.
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.