އެސްޓީއޯގެ ކާޑުގުދަނުގައި މުދާރައްކާކުރުމުގެ މަސައްކަތްކުރަނީ

ހަބަރު

10ކިލޯ ހަނޑުލާއި 10ކިލޯ ފުށް ކޮންމެގެއަކަށް، ހޮނިހިރު ދުވަހު ބަހަން ފަށަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 މާރޗް 2024 , ބުރާސްފަތި 15:48   408

10ކިލޯ ހަނޑުލާއި 10ކިލޯ ފުށް ކޮންމެގެއަކަށް، ހޮނިހިރު ދުވަހު ބަހަން ފަށާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ކާޑު ބެހުމާއި ގުޅޭގޮތުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރޯދަމަހާއި ދިމާކޮށް ކޮންމެ ގޭ ބީސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި 10 ކިލޯގެ ހަނޑޫ ބަސްތާއެއް ބެހުމަށް ހަމަޖެހިފައިވާކަމަށާއި އެމަސައްކަތް ހޮނިދުވަހު ފެށިގެންދާނެކަމަށެވެ.

ކާޑާއި އެކު އައި ބޯޓު މިހާރުވަނީ މާލެއަށް ބަނދަރުކޮށްފައެވެ. އަދި މިއަދުން ފެށިގެން ރަށްރަށަށް އެތަކެތި ގެންދިއުމުގައި ދޯނިފަހަރުތަކުން ޙަރަކާތްތެރިވާނެއެވެ.

ކާޑު ބެހުމުގައި ކަމާގުޅޭ އިދާރާތަކުން ގުޅައިގެން ޙަވާލުކުރުމަށް ހަމަޖެހިފައިވާއިރު، އައިޑީ ކާޑު ގެންދިއުމުން ގުދަނުން ދޫކުރާގޮތަށް ވެސް ވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ.

ރަޢީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި އެއްޤައުމަކަށް ކާޑު ހޯދުމުގައި ބަރޯސާވުން ބަދަލުކުރަން ވަނީ ހިމެނިފައެވެ. މިހާރު ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަނީ އަވަށްޓެރި އިންޑިއާއިންނެވެ.

މިހާރު ބެހުމަށް ހަމަޖެހިފައިވާ ކާޑަކީ ކޮން ޤައުމެއްގެ ކާޑުކަން ކަށަވަރުވެފައި ނުވެއެވެ. ނަމަވެސް، ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން ވެސް އަދި ޗައިނާ ދަތުރުފުޅުގެ ފަހުން ވެސް ކާޑުގެ ވަޢްދު ތަކުރާރުކުރައްވައި ބެހުމަށް ހަމަޖެހިފައިވާ ކާޑުގެ މަޢްލޫމާތު ޙިއްޞާކުރައްވާފައިވެއެވެ.

ޓެގްސް: ޢެސްޓީއޯ ކާބޯތަކެތީގެ ޔަޤީންކަން ރޯދަމަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.