ސިޔާމް (ކ2) - ހިތަދޫ ދެނުކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް

ހަބަރު

އައްޑޫސިޓީ، ސިޔާމް ބޭނުންވަނީ ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ރަނގަޅު އިޤްތިޞޯދެއް އައްޑޫގައި ބިނާކުރަން

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 މާރޗް 2024 , ހޮނިހިރު 20:14   459

އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާއަށް، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ މުޙައްމަދު ސިޔާމް ބޭނުންވަނީ ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ރަނގަޅު އިޤްތިޞޯދެއް އައްޑޫގައި ބިނާކުރަންކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ކެމްޕޭނުގެ ތެރެއިން ބުދަ ދުވަހު ހަވީރު އެދާއިރާގެ ރައްޔިތުންގެ ބޭއްވި ޚާއްޞަ މާހެފުމުގެ ޙަފްލާގައި އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، އައްޑޫސިޓީ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް، ޙަޤީގީ މާނައިގައި އެ ބާރުވެރިކަން ރައްޔިތުންނަށް ހޯދައިދޭންޖެހޭކަމަށެވެ. އެކަން ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރެވިގެންކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ސިޔާމް ވިދާޅުވީ، ރަނގަޅު އިޤްތިޞޯދެއް ބިނާކުރުމަށްޓަކައި ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި، ޑޮލަރުގެ މައްސަލަ ޙައްކުރުމަށް އައްޑޫއަށް ޑޮލަރުން ލިބޭ އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

"އަސްލު ވަޒީފާގެ ފުރުޞަތުތައް ނެތުމުން މިއަދު މިޙާލަތުގައި މިއޮތީ ގޮސްފައި. ޑީސެންޓްރައިޒޭޝަން އަޅުގަނޑު ވަރަށް ޤަބޫލުކުރަން. ހަމައެހެންމެ ޤާނޫނީ ބާރުވެރިކަން ހޯދައިދޭންޖެެހޭ. އެކަންކުރަން ލިބޭ އެންމެ ރަނގަޅުކުރަން ލިބޭ އެންމެ ރަނގަޅު ފުރުޞަތަކީ މަޖްލީސް ތެރެއަށް ގޮސްގެން." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ޑޮލަރުގެ މައްސަލައިގައި ވެސް މިހާތަނަށް އެކަން ޙައްލުނުކުރެވި އޮތީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން އެއާމެދު ވިސްނުމެއް ނެތި ކަންބޮޑުވުމެއް ނެތީމަކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ސިޔާމް އާއިއެކު ދެން ވާދަކުރައްވަނީ މިހާރުވެސް މަޖިލީހުގެ ގޮނޑި ފުރުއްވަމުންގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިލްއެވެ. ނާޒިލް އަށް އެމްޑީޕީއިން ޓިކެޓް ދީފައިވަނީ ޕްރައިމަރީ އަކާއި ނުލައެވެ.

މަޖިލީހުގެ ވޯޓުލުން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.

ލިޔުމާއި ގުޅޭ

ޓެގްސް: މަޖިލީސް އިންތިޚާބު ޕީއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.