މިނިސްޓަރ އައިޝަތު ޝިހާމް އާއިއެކު ފޮޓޯއަކަށް ހުއްޓިގެން، މިއީ ޑަބްލިއުޑީސީ އައްޑޫއިން އިންތިޒާމްކުރި ޙަރަކާތެއް

ހަބަރު

އައްޑޫސިޓީގައި ކުލަގަދަކޮށް ބައިނަލްޢަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 މާރޗް 2024 , ހޮނިހިރު 23:07   92

އައްޑޫސިޓީގައި ކުލަގަދަކޮށް ބައިނަލްޢަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫހައިސްކޫލްގައެވެ. މި ޙަރަކާތުގެ ތެރެއިން އަންހެނުންނަށް މުޖްތަމަޢުގައި ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާއި ގުޅޭގޮތުން ތަމްޞީލް އާއި ލަވަ، އަދި ސްކޫލްތަކުގެ ކުރިންގެ ސްޓޭޖް އިވެންޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ. އައިޝަތު ޝިހާމް އެވެ. އަދި އަރިހުގައި އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު އާއި، ކައުންސިލަރުންގެ އިތުރުން އައްޑޫސީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އައްޑޫގެ ކަމުވޮށިގެންވާ އަދި އިސްރަށްވެހިންގެ ތެރެއިން ބައެއް ފަރާތްތަކަށް މި ޙަރަކާތުގައި ބައިވެރިވެފައިވެއެވެ.

މި ޙަރަކާތުގެ ތެރެއިން އައްޑޫގެ ކަނބަލުން ތާރީޚްގެ ތެރެއިން ކުރައްވާފައިވާ ބުރަ މަސައްކަތްތަކާއި، ހޯއްދަވާފައިވާ ކާމިޔާބީތަކާއިގުޅޭ ވީޑިއޯ ރިޕޯޓެއް ވެސް ހުށަހަޅައިދީފައިވެއެވެ.

މިއީ އައްޑޫ ޑަބްލިއުޑީސީ އިން ޚަރަދުކޮށް، އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ޙަރަކާތެކެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން، ޑަބްލިއުޑީސީގެ ރަޢީސް ނުސްރާ ރަޝީދު ވިދާޅުވީ މި ޙަރަކާތް ޝަރަފްވެރިކުރުމަށް އެރުވުނު ދަޢުވަތު ޤަބޫލުފުޅުކުރައްވައި މިނިސްޓަރ އައިޝަތު ޝިހާމް ވަޑައިގެން ދެއްވީތީ އުފާ ކުރައްވާކަމަށާއި، ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ޙަރަކާތް ކުލަގަދަ ޙަރަކާތެއްގެ ގޮތުގައި ވެގެންދިއުމަށް، އައްޑޫ ސިޓީ ކައުންސިލް އާއި އައްޑޫގެ އެންޖީއޯތަކުން އަދި ސްކޫލްތަކުން ދެއްވި އެހީތެރިކަން ވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުމާއި ގުޅޭ:

ޓެގްސް: ޑަބްލިއުޑީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.