ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަބަރު

މާދަމާ އަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 މާރޗް 2024 , އާދީއްތަ 22:28   468

މާދަމާ [ހޯމަ] އަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިޢްލާންކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުރިކަން ޝަރުއީ ހަމަތަކުން ސާބިތުވެފައި ވާތީ އާއި ޝައުބާން މަހުގެ ދުވަސްތައް ފުރިހަމަ ވެފައިވާތީވެ، މާދަމާ އަކީ ރޯދަމަހުގެ މުލަ ރޯދަކަމުގައެވެ.

އިސްލާމީ ސުއްނީ މަޒްހަބް އޮންނަ ގިނަ ޤައުމުތަކުގައި މާދަމާ ރޯދަަމަސް ފެށުމަށް ވަނީ ނިންމާފައެވެ.

ސައުދިއަރަބިއާ އިން ވެސް ވަނީ މާދަމާ އަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައެވެ. އޭގެ ފަހުން ސީރިއާ އާއި ޢިރާގުން ވެސް ވަނީ އެގޮތަށް އިޢްލާންކޮށްފައެވެ.

ނަމަވެސް އިރާން އާއި، މެލޭޝިއާ، ސިންގަޕޫރު، އީރާން އަދި އުރުދުން ފަދަ ބައެއް އެހެން ޤައުމުތަކުން ބުނެފައިވަނީ ރޯދަ ހިފަން ފަށާނީ އަންގާރަ ދުވަހު ކަމަށެވެ.

ޓެގްސް: ރޯދަމަސް އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.